twitterviber whatsapp telegramfacebookyoutube instagram
21st August 2025

ނޮޅިވަރަމުވެސް ލޮކްޑައުންކޮށްފި

އަބްދުލް ވާހިދު ޙަސަން
Apr 19, 2020
2

ހދ. ނޮޅިވަރަމް ވެސް ލޮކްޑައުންކޮށް، އެރަށަށް އަރާ ފޭބުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން މަނާކޮށްފި އެވެ. ކަރަންޓީނުކޮށްފައިވާކަން އަންގައި ނޮޅިވަރަމް ކައުންސިލަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އެންގީ މިރޭގެ ވަގުތެއްގައި އެވެ.

އެޗްޕީއޭއިން ބުނެފައިވަނީ އެރަށް ކަރަންޓީނުކޮށްފައިވާ އެރަށަށް ދަތުރުކޮށްފައިވާ މީހެއްގެ ކިބައިން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުމާއެކު ގުޅިގެން، ސިއްހީ ގޮތުން އިތުރަށް ބަލަން ޖެހޭ ކަންތައްތަކެއް ބެލުމަށް ކަމަށެވެ.

ކަރަންޓީނު ކުރުމާ ގުޅިގެން އެރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަކިގޮތެއް އަންގަން ދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަ ނެތި އެއްވެސް މީހަކު އެރަށަށް އެރުން ވަނީ މަނާކޮށްފައި އެވެ.

ނޮޅިވަރަމް ކަރަންޓީނު ހާލަތަށް ގެނެސްފައިވާއިރު މިއަދު ވަނީ ތިލަދުންމަތީގެ އިތުރު 7 ރަށެއްވެސް މީހުން އަރައި ފޭބުން މަނާކޮށް ކަރަންޓީނުކޮށްފައިވެ އެވެ.

ތިލަދުންމަތިން ކަރަންޓީނުކޮށްފައިވާ ރަށްތަކަކީ ނޮޅިވަރަމް، ނޮޅިވަރަންފަރު، ވައިކަރަދޫ، ހިރިމަރަދޫ، ހޯރަފުށި، އިހަވަންދޫ، އުލިގަމު އަދި ތަކަންދޫ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355