twitterviber whatsapp telegramfacebookyoutube instagram
21st August 2025

މާލެ ސަރަހައްދު ލޮކްޑައުންގެ ސަބަބުން ނުފުރި ހާލުގައި ޖެހުނު މީހުންނަށް އެހީވަނީ

Apr 21, 2020

ކޮވިޑް-19ގެ ބިރުވެރިކަން މާލެއިން ފެނި މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން، އެކި ބޭނުންތަކުގައި މާލެގައި ނުފުރިފައި ތިބި މީހުންނަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

ޖެންޑާ މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނެފައި ވަނީ މާލެ ލޮކްޑައުންކުރުމާއި ގުޅިގެން އެކި ބޭނުންތަކަށް މާލެ އަގޮސް މާލޭގައި ތާށިވެ ހާލުގައި ޖެހިފައިވާ ބައެއް ފަރާތްތަކުން އެކަން ޖެންޑާއަށް ރިޕޯޓު ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މާލެ ސިޓީ ކައުންސިލްއަށް ހުށަހެޅިފައިވާ މި ފަދަ 400 އަށް ވުރެ ގިނަ ފަރާތްތަކަށް މާލޭގައި ހުރެވޭނެ އިންތިޒާމުތައް ހަމަޖައްސައި ދިނުމަށް ޓަކައި އެ ކައުންސިލްއާއެކު މިނިސްޓްރީން މަސައްކަތް ފަށާފައިވާ ކަމަށް ވެސް ބުންޏެވެ.

އަދި މިހާތަނަށް ހާލުގައި ޖެހިގެން ރިޕޯޓުކޮށްފައިވާ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމުތައް ފޯރުކޮށްދެމުން އަންނަ ކަމަށް ޖެންޑާއިން ބުންޏެވެ.

މާލެ ސަރަހައްދުގެ ލޮކްޑައުންއާ ގުޅިގެން މަގުމަތިވި 80 އަށްވުރެ ގިނަ މީހުންނަށް ވެސް ޖެންޑާ އިން އަންނަނީ ކެއިންބުއިމާއި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355