twitterviber whatsapp telegramfacebookyoutube instagram
8th April 2025

ކުރިއަށް އޮތް ތިން ދުވަހު ރާއްޖެއަށް މޫސުން ގޯސްވާނެ

Apr 21, 2020

ކުރިއަށް އޮތް ތިން ދުވަހު ރައްޖޭގެ ހުރިހާ ހިސާބަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

އެ އިދާރާގެ އޮފިޝަލަކު ވިދާޅުވީ މިހާރު ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައަކީ ވިއްސާރަ އަކީ ދެ މޫސުން ބެދޭ ވިއްސާރަ ކަމަށެވެ. މި ވިއްސާރައިގެ އަސަރު ކުރިއަށް އޮތް ދުވަހަށް ދެމިގެން ދާނެ ކަމާށައި ވިލާގަނޑުގައި 35 މޭލާ 40 މޭލަށް ވައި ގަދަވުން އެކަށީގެން ވާކަމަށެވެ.

އާންމުގޮތެއްގައި ވައިޖެހޭނީ 7 މޭލާ 17 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. ދެކުނުގެ އަތޮޅުތަކަށް މި ވިއްސާރައިގެ އަސަރު ކުޑަވާނެއެވެ. އަދި ކުރިއަށް އޮތް މ ދުވަހަށްފަހު ވިއްސާރައިގެން އަސަރު ކުޑަވާނެ ކަމަށްވެސް މެޓު އޮފީހުން މައުލޫމާތު ދެއެވެ.

މިދުވަސްވަރަކީ ކޮވިޑް-19 އިގެ ބަލިމަޑުކަން މުޅި ރާއްޖެއަށް ވެސް ކުރަމުންދާ ދުވަސްވަރަކަށްވުމުން އާންމު ސާފުތާހިރު ކަމަށާއި މަދިރި ނުއުފެދޭހެން ފެން ހަރުލާ ފަދަ އެއްޗެހި ނުބެހެއްޓުމަށް ވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން އެދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355