twitterviber whatsapp telegramfacebookyoutube instagram
14th October 2025

ސްކޫލުތައް ބަންދު ކުރިއަސް ދަރިވަރުން ގްރޭޑްގައި ރިޕީޓެއް ނުވާނެ

ޚަދީޖާ އާދަމް
Apr 21, 2020
2

ސްކޫލުތައް ބަންދުކުމުގެ މުއްދަތު ދިގުލައިގެން ދިޔަ ނަމަވެސް ދަރިވަރުން ގްރޭޑްގައި ރިޕީޓެއް ނުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ސްކޫލުތައް ބަންދުކުރިތާ މިހާރު މަހަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިޝަތު އާތިޔާ ނަސީރު ވިދާޅުވީ މީގެ އަހަރުތަކެއް ކުރިން ގްރޭޑްތަކުގައި ދަރިވަރުން ރިޕީޓް ކުރިޔަސް ރާއްޖޭގައި މިހާރު އަމަލު ކުރަމުން އަންނަނީ އޮޓޮމެޓިކް ޕްރޮމޯޝަނަށް ކަމަށެވެ.

އެ އުސޫލުގެ ތެރެއިން، މިހާރު ކިޔަވަމުން އަންނަ އެއްވެސް ދަރިވަރަކު ރިޕީޓެއް ނުވާނެކަމަށް އާތިޔާ ވިދާޅުވި އެވެ. އަދި ދަރިވަރުން ގްރޭޑް ރިޕީޓްކޮށްފި ނަމަ ވެސް ލިބޭނީ ގެއްލުމެއް ކަމަށެވެ.

މާލޭގައި ކޮވިޑް-19 ކޮންޓްރޯލް ކުރެވިއްޖެ ނަމަ ސްކޫލުތައް ހުޅުވާނެ ގޮތަކާ މެދު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާ އެކު އަންނަނީ މަޝްވަރާ ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355