twitterviber whatsapp telegramfacebookyoutube instagram
11th May 2024

އުލިގަމު މީހައާ ކޮންޓެކްޓްވި ހިރިމަރަދޫ މީހަ ޓެސްޓް ނުކުރުމުން ހާސްކަމާއި ހިތްހަމަނުޖެހުން

އަބްދުލް ވާހިދު ޙަސަން
Apr 22, 2020
4

ހއ އިހަވަންދޫ، ކާވިޔާ ބޯޓުން އައި އުލިމަގު މީހާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަނީ އިއުލާންކޮށްފައި އެވެ. އެމީހާ ޕޮޒިޓިވްވުން ވެގެން ދިޔައީ މުޅި ތިލަދުންމައްޗަށް ހާސްކޮށްލި ކަމަށެވެ. އެއާއެކު ތިލަދުންމަތީގެ އެތަކެއް ރަށެއް އެޗްޕީއޭއިން ކަރަންޓީނު ހާލަތަށް ގެނަ އެވެ.

ދެން އެއާއެކު އެންމެ ގިނަ ބަޔަކު އިންތިޒާރުކުރީ އުލިގަމު މީހައާ ސީދާ ދިމާވެފައި ހުރި ހިރިމަރަދޫ މީހާގެ ސާމްޕް ނަގައި އެ މީހާ ޓެސްޓް ކުރެވޭނެ ވަގުތަކަށެވެ. މުޅި ހީކުރި ގޮތާއި ހިލާފަށް އެޗްޕީއޭއިން ނިންމީ އެ މީހާގެ އަލާމާތެއް ނުފެންނާތީ ޓެސްޓް ނުކުރުމަށެވެ. އުލިމަގު މީހާ އާއި ހިރިމަރަދޫ މީހަކީ މާލޭގައި އެއްކޮޓަރިއެއްގައި އުޅެފައި އައިސް ތިބި ދެ މީހުންނެވެ. އެކަން ރަސްމީ ފަރާތްތަކުން ޔަގީންކޮށްދެ އެވެ.

އެ ދެ މީހުންވެސް ރަށަށް އައީ ކަނޑުބޯޓުގައި އުލިގަމު މީހަ އިހަވަންދޫ ކާވިޔާ ކޯޓުގައި އައިއިރު ހިރިމަރަދޫ މީހަ އައީ ކުޅުދުއްފުށި ސީކްއީން ބޯޓްގައި އެވެ.

ކާވިޔާ ބޯޓް އައީ އެތަކެއް ރަށަށްތަކަށް ޖައްސާ މީހުން ބާލަމުންނެވެ. ސީކުއީން ބޯޓް ސީދާ ކުޅުދުއްފުއްޓަށް އައިއިރު އެ ބޯޓުގައި 337 މީހަކު ދަތުރުކޮށްފައިވެ އެވެ. އަދި އުލިގަމު މީހައާ އެކު އުޅުނު ހިރިމަރަދޫ މީހާ ވަނީ އެއަށްފަހު ވެސް ކުޅުދުއްފުއްޓަށް އައިސް ބައެއް ފިހާރަތަކަށް ގޮސް ވިޔަފާރިވެސް ކޮށްފަ އެވެ. އުލިގަމު މީހަ ޕޮޒިޓިވް ވުމާއެކު މި ދޯނިތަކުގައި އެންމެ ކަންބޮޑުވެ މުޅި ސަރަހައްދު ހާސްކޮށްލި އެވެ.

އެޗްޕީއޭއިން ބައެއް ރަށްތައް ކަރަންޓީނުކުރިއިރު ކުޅުދުއްފުށީ ޓާސްކް ފޯސް އިން އިސްނަގައިގެން އެރަށް ލޮކްޑައުންކޮށް ކާފިއު ހިންގި އެވެ. ރައްކާތެރި ފިޔަވަޅެއްގެ ގޮތުގައި އެވެ. އެންމެ އިންތިޒާރުކުރި ގޮތާ ހިލާފަށް އެޗްޕީއޭއިން އަމަލުކުރި ގޮތުން ގިނަ ބަޔަކު ދަނީ ހިތްހަމަނުޖެހުންފާޅުކުރަމުންނެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް އަށް ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވީ، ހިރިމަރަދޫ މީހާގެ ފަރާތުން އެއްވެސް އަލާމާތެއް ނުފެންނަ ކަމަށެވެ. އަދި ރޭ ވަނީ އެރަށް މޮނިޓަރިން ހާލަތުން ނެގިކަން އިއުލާންކޮށްފައި އެވެ.

ޕޮޒިޓިވް މީހަކާ ޑައިރެކްޓް ކޮންޓެކްވި މީހެއް ޓެސްޓް ނަހަދަ އެރަށް މޮނިޓަރިންގެ ހާލަތުން ނެގުމުން ގިނަ ބައެއްގެ ފާޑުކިޔުން އެޗްޕީއޭއަށާއި ސަރުކާރަށް ދަނީ އަމާޒުވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355