twitterviber whatsapp telegramfacebookyoutube instagram
28th February 2026

ކުޅުދުއްފުށިން ފެންނަމުންދަނީ މުޅި ރާއްޖެ ފަހުރުވެރިވާ ވަރުގެ ނަމޫނާއެއް: ކޮމާންޑަރ ފާއިޒް

Apr 22, 2020

ލޮކްޑައުންކޮށް ކާފިއު ހިންގާފައިމިވާ ދަނޑިވަޅުގައި ކުޅުދުއްފުށި ސިޓީގެ ރައްޔިތުންގެ ފަރާތުން ފެންނަމުންދަނީ މުޅި ރާއްޖެއަށް ފަހުރުވެރިވާ ވަރުގެ ކިޔަމަންޠެރިން ބައެއްގެ ގޮތުގައި ކަމަށް އަޕަރ ނޯތު ޑިވިޝަނަލް ޕޮލިސް ކޮމާންޑަރު އަލީ ފާއިޒް ވިދާޅުވެއްޖެ އެވެ.

ފާއިޒު މިހެން ވިދާޅުވީ، ކުޅުދުއްފުށީގައި ކާފިއު ހިންގާފައިވާ ދަނޑިވަޅެއްގައި ރަށުތެރެ ޕެޓިރޯލްކުރަން އުޅުނު ފުލުހުން ނަގާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމު ކުރައްވާފަ އެވެ.

ފާއިޒު ދޫކޮށްލާފައިވާ ވީޑިއޯއިން ފެންނަނީ މުޅި މަގުތައް ހުސްކޮށްށެވެ. މިއީ ބޮޑެތި ރަށްތަކުން ވަރަށް މަދުން ނޫނީ ނުފެންނަ މަންޒަރެކެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަންއާއި ޓާސްކް ފޯސްގެ ޗެއާމަން އަހުމަދު ދާއޫދުވެސް ވަނީ ރައްޔިތުންގެ ފަރާތުން ފެންނަ ކިޔަމަންތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި ރައްޔިތުންނަށް ތައުރީފްކުރައްވާފަ އެވެ.

ކުޅުދުއްފުށީގައި ކާފިއު ހިންގާފައިވާއިރު ރަށުތެރެ ފެންނަނީ ވަރަށް އަމާންކޮށްނެވެ. ޒަރޫރީ ބޭނުމަށް ހުއްދަ އޮތް ފަރާތްތަކުން ފިޔަވާ އެހެން މީހަކު ނުފެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355