twitterviber whatsapp telegramfacebookyoutube instagram
8th April 2025

ރޯދަމަހުގެ ފުރަތަމަ ދުވަހަކީ ހުކުރު ދުވަސް

Apr 22, 2020

އަންނަ ހުކުރު ދުވަހަކީ މި އަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަސް ކަމުގައި ކަނޑައަޅައި އެކަން ރަސްމީކޮށް އިއުލާން ކޮށްފި އެވެ.

ރޯދަ މަހުގެ ހަނދު ސާބިތު ކުރަން މިރޭ ބޭއްވި ޖަލްސާއަށް ފަހު އިއްވި ހަނދާބެހޭ ގަރާރުގައި ރޯދަ ހިފުމަށް ފަރުވާތެރިވެ މާތް ﷲ ރުއްސެވުމާއި މަޣުފިރަތައް އެދި ހެޔޮކަންކަން ކުރުމުގެ މައްޗަށް ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ވަނީ ނަސޭހަތްތެރިވެފަ އެވެ.

ކޮވިޑް-19 ގެ ސަބަބުން މިސްކިތްތަކުގެ ޖަމާއަތް ހަދައިގެން ނަމާދު ކުރުން ވަނީ ހުއްޓާލާފަ އެވެ. އަދި މުލަ ރޯދަ ހުކުރާ ދިމާވާއިރު ހުކުރު ނަމާދު ކުރުން ވެސް ވަނީ މާލޭގައި ހުއްޓާލާފަ އެވެ. އަދި ތަރާވީހް ނަމާދުވެސް ނުކުރެވޭނެކަން ވަނީ އިއުލާންކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355