twitterviber whatsapp telegramfacebookyoutube instagram
20th May 2025

ކެނޯގައި ކުޅުދުއްފުއްޓަށް އެރި ދެ މީހުންގެ ބަންދަށް 15 ދުވަސް

އަބްދުލް ވާހިދު ޙަސަން
Apr 22, 2020
1

ހދ ނޮޅިވަރަމުން ފުރައިގެން ކުޅުދުއްފުއްޓަށް ކެނޯއެއްގައި ދަތުރުކުރު ދެ މީހުންގެ ބަންދުގެ މުއްދަތަށް 15 ދުވަސް ޖަހައިފި އެވެ.

މިދިޔަ ހޯމަ ދުވަހު އެއްރަށުން އަނެއް ރަށައް ދަތުރު ކުރުން މަނާކޮށްފައި ވަނިކޮށް ހުއްދަ ނުހޯދާ ކެނޯއެއްގައި ކުޅުދުއްފުއްޓަށް އެރި މި ދެ މީހުންގެ ބަންދުގެ މުއްދަތު ޖަހާފައިވާ މިއަދު ކުޅުދުއްފުށީ ކޯޓުންނެވެ.

އެމީހުން ކުޅުދުއްފުއްޓަށް އަރާފައިވަނީ ކުޅުދުއްފުށީ އެއާޕޯޓު ރަންވޭ ހުޅަނގު ފަރާތުން ކެނޯ ބަންޑުން ޖަހާލުމުން ކަމަށް ވެސް ބުނެފައި ވެއެވެ. އަދި މި ދެމީހުން ކެނޯގައި ދަތުރުކޮށްފައިވަނީ ކެނޯގެ ވެރިފަރާތުގެ ވެސް ހުއްދަ ނެތިކަމަށާއި މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 23 އަހަރާއި 30 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ކުރިން ވަނީ މައުލޫމާތުދީފައި އެވެ.

މި ހާދިސާގައި ދެ މީހުންނަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355