twitterviber whatsapp telegramfacebookyoutube instagram
13th January 2026

މަސްގަތުމަށް ދާން ބޭނުންވާ ފަރާތްތަކަށް ވަގުތީ ހުއްދައެއް ދޫކުރަނީ

Apr 22, 2020

ކުޅުދުއްފުށި ސިޓީ ލޮކްޑައުންކޮށް، ކާފިއު ހިންގާފައިވާއިރު މަސްމާރުކޭޓަށް މަސްގަތުމަށް ދާން ބޭނުންވާ ފަރާތްތަކަށް ވަގުތީ ހުއްދައެއް ދޫކުރަން ޓާސްކް ފޯސް އިން ފަށައިފި އެވެ.

ޓާސްކް ފޯސް އިން މިރޭ ބުނީ ކުޅުދުއްފުށީގައި ލޯކަލް މާރުކޭޓަށް މަސް ގަންނަ ދާން ބޭނުންވާ ފަރާތްތަށް ވަގުތީ ހުއްދައެއް ދޫކުރަން ފަށާފައިވާ ކަމަށާއި އޮންލައިންކޮށް ހުއްދައަށް އެދެވޭނެ ކަމަށެވެ.

މަސް ގަންނަށް ދިޔުމަށް ބޭނުންވާ ވަގުތީ ހުއްދައަށް އޮންލައިންކޮށް ހުށަހެޅޭއިރު ހުއްދަ ފޯރުކޮށްދިނުމުގައި 24 ގަޑިއިރު ޓާސްކް ފޯސްގައި މުވައްޒަފުން ހަރަކާތެރިވަމުންދެ އެވެ.

މަސްގަތުމަށް ދާ ފަރާތްތަކުން އިޖުތިމާއީ ގައިދުރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ޓާސްކް ފޯސް އިން އިލްތިމާސްކުރެ އެވެ. އެގޮތުން ކިޔުގައި ދެ މީހެއްގެ ދެމެދުގައި މަދުވެގެން 6 ފޫޓް ބަހައްޓަން ވާނެކަމަށް ޓާސްކް ފޯސް އިން ބުނެ އެވެ.

މަސްގަތުމުގެ ވަގުތީ ހުއްދަ އެސްއެމްއެސް މެދުވެރިކޮށް ފޮނުވާއިރު ބޭރަށް ނުކުންނަމުން ވަގުތީ ހުއްދަގައި މެސެޖް ދާ ފޯނާ އާއި އައީޑީކާޑު ގެންދިޔުމަށް ޓާސްކް ފޯސް އިން އެދެން އެވެ.

މަސްގަތުމަށް ދާ މީހުންގެ ކިޔު ބަލަހައްޓާ ފަރާތްތަކުގެ އެންގުންތަކަށް ފުރިހަމައަށް ބޯލެބުމަށްވެސް ޓާސްކްފޯސް އިން ނަސޭހަތްތެރިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355