twitterviber whatsapp telegramfacebookyoutube instagram
12th May 2024

މާލެއިން އިތުރު 9 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ނަބީލާ އިސްމާޢީލް
Apr 23, 2020

މާލެއިން އިތުރު 9 މީހަކު ކޮރޯނާވައިރަސް ނުވަތަ ކޯވިޑް-19އަށް ޕޮޒިޓިވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކޮއްފިއެވެ.

މީގެ ތެރޭގައި ހިމެނެނީ 4 ދިވެހިންނާއި ބަންގްލަދޭޝް 5 މީހުންނެވެ. މިއާއިއެކު މާލެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 75 އަށް އަރާފައެވެ. އަދި މުޅިރާއްޖެއިން މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު މިވަނީ 95އަށް އަރާފައެވެ.

މާލެއިން މިބަލި ފެނުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދި ގިނަބަޔަކު ނުވަތަ ބަލިޖެހުނު މީހުންނާ ސީދާ ބައްދަލުވި ގިނަބަޔަކުވަނީ ދެނެގަނެވިފައެވެ. މިހާރު ކުރިއަށްދަނީ މީހުންގެ ސާމްޕަލްތައް ނަގައި ޓެސްޓްކުރުމު މަސައްކަތެވެ.

ޕޮޒިޓިވްވި މީހުންގެ ތެރޭގައި ޑެލިވަރީގެ ޙިދުމަތްތަކާއި، އާންމު އެހެން ހިދުމަތްތަކުގައި އުޅޭމީހުންވެސް ފެނިފައިވާތީ އެމީހުންނާއި ދިމާވި އިތުރުބަޔަކު ވާނަމަ ލަސްނުކޮށް އެޗްޕީއޭއަށް އެކަން ރިޕޯޓްކުރުމަށް އެފަރާތުންވަނީ އާންގަވާފައެވެ.

މިހާތަނަށް ރާއްޖެއިން ޓެސްޓްކުރުމަށް ނެގީ 4،696 މީހުންގެ ސާމްޕަލްއެވެ. ނަތީޖާ ނުލިބޭ ސާޕްލްތަކުގެ އަދަދަކީ، 383 އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355