twitterviber whatsapp telegramfacebookyoutube instagram
1st August 2026

ށ އަތޮޅުގެ 5 ރަށެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފި

ޚަދީޖާ އާދަމް
Apr 25, 2020

ކޮވިޑް-19 އާއި ގުޅިގެން އެޗްޕީއޭ އިން ށ.އަތޮޅުގެ ފަސް ރަށެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

މި 5 ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިމިވަނީ ނަރުދޫ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އެގޮތުން މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ށ.ނަރުދޫ، ށ.ފުނަދޫ، ށ.މިލަންދޫގެ އިތުރުން ށ.ފީވަށް އަދި ށ.މާއުނގޫދޫ ކަމަށް ކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.

މައުލޫމާތު ލިިބިފައިވާ ގޮތުގައި އެ ބައްޔަށް ޕޮޒިޓިވް ވެފައިވަނީ މާލެ ދަތުރު ކުރާ ނަރުދޫ އަމާޒު ބޯޓުގެ ކައްޕި އެވެ. އަދި އެ ބޯޓު ށ.އަތޮޅުގެ އެހެން ރަށްތަކަށް ވެސް ގޮސްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މިއީ މާލެ ފިޔަވައި ރާއްޖޭގެ ރަށަކުން މި ބައްޔަށް ޕޮޒިޓިވްވި ދެވަނަ މީހާއެވެ.

ރާއްޖެއިން މިހާތަނަށް މި ބައްޔަށް 137 މީހަކު ޕޮޒިޓިވް ވެފައިވާއިރު، މިއަދު ވަނީ އިތުރު 9 މީހަކު މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355