twitterviber whatsapp telegramfacebookyoutube instagram
13th May 2024

ކުޅުދުއްފުށި މޮނިޓަރިންގެ ހާލަތަށް ގެނެސް، ދަތުރުފަތުރު މެދުކަނޑާލައިފި

އަބްދުލް ވާހިދު ޙަސަން
Apr 26, 2020
2

ށ. ނަރުދޫ، އަމާޒު ބޯޓުން ދަތުރުކުރި ދެ މީހަކު ކުޅުދުއްފުށީގައި ހުރުމާއެކު ކުޅުދުއްފުށި ސިޓީ މޮނިޓަރިންގެ ހާލަތަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ގެނެސްފި އެވެ.

އެހެންކަމުން ކުޅުދުއްފުށީގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ހުއްދަނެތި ރަށަށް އެއްވެސް މީހަކު އެރުން ވަނީ މަނާކޮށްފަ އެވެ.

އެޗްޕީއޭއިން އެކަން އިއުލާނުކޮށް ރޭ މޮނިޓަރިންގއަށް ގެނެވިފައިވާ ލިސްޓްގައިވާގޮތުގައި އެ ރަށް މޮނީޓަރިން ހާލަތަށް ގެނެސްފައިވަނީ ގައި އެވެ. ކުޅުދުއްފުށި ސިޓީ އާއެކު ނ. ވެލިދޫ، ހއ. ދިއްދޫ، ހއ. އުތީމު، ނ. ހެނބަދޫ، ނ. ކެނދިކުޅުދޫ، ނ. މިލަދޫ، ނ. މާފަރު، ށ. މާއުނގޫދޫ، ށ. ފީވައް، ށ. މިލަންދޫ، ށ. ފުނަދޫ، ނ. ހޮޅުދޫ އަދި ށ. ނަރުދޫވެސް ހިމެނެ އެވެ.

ކުޅުދުއްފުށި ސިޓީ ހިމެނޭހެން މި ހުރިހާ ރަށެއްވެސް މޮނީޓަރިން ހާލަތަށް ގެންގޮސްފައިމިވަނީ ށ. ނަރުދޫ އަމާޒު ބޯޓުގެ ކެޕްޓަން، ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ. އެ ބޯޓުން 90 އަށްވުރެ ގިނަ ޕަސިންޖަރުން ހއ. ހދ. ށ އަދި ނ އަތޮޅުގެ ރަށް ރަށަށް ދަތުރުކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނޭ ކުޅުދުއްފުއްޓަށް ނިސްބަތްވާ ދެ މީހުން ވަނީ އެކަން ސޯޝަލް މީޑިއާ މެދުވެރިކޮށް އިއުލާނުކުރުމަށްފަހު އަމިއްލައަށް އެކަހެރިވެފައި އެވެ.

މޮނިޓަރިންގެ ހާލަތަށް ގެނެވުމާއި ކުޅުދުއްފުއްޓަށް އަންނަ ހަމަޖެހިފައިވާ ދަތުރުތައް މެދުކަނޑާލާފަ އެވެ. އެކަމަކު މަހަށް ފުރުމުގެ ހުއްދަދެވޭނެ އެވެ. ކުޅުދުއްފުށި ސިޓީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު ކުޅުދުއްފުށީގެ ޓާސްކް ފޯސްއިން އިސްނަގައިގެން ވަނީ ދުރާލާ ވަރަށް ބޮޑަށް ތައްޔާރުވެފައިވެ އެވެ. އެގޮތުން ރަށް ލޮކްޑައުންކޮށް އަންނަނީ ކާފިއު ހިންގަމުންނެވެ.

މާލެ ސިޓީ ފިޔަވައި އެންމެ ގިނަ މީހުން ދަތުރުކުރާ ރަށަކީ ކުޅުދުއްފުއްޓެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355