twitterviber whatsapp telegramfacebookyoutube instagram
7th December 2025

ޕޮލިސް ލެބުން ކޮވިޑަށް ޓެސްޓުކުރަނީ

ޚަދީޖާ އާދަމް
Apr 26, 2020

ފުލުހުންގެ ފޮރިންސިކް ލެބޯޓަރީގައި މިހާރު ކޮވިޑަށް ޓެސްޓުކުރުމުގެ އިންތިޒާމް ހަމަޖެހި ސާމްޕަލްތައް ޓެސްޓު ކުރަމުންދާ ކަމަށް އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ވިދާޅުވެއްޖެ އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ވިދާޅުވީ ރެއިން ފެށިގެން ފުލުހުންގެ ފޮރިންސިކް ލެބޯޓަރީގައި ކޮވިޑަށް ޓެސްޓް ކުރަމުންދާ ކަމަށާއި ފުލުހުން ޓެސްޓް ކުރަމުން ގެންދަނީ ކުރެއްދޫއިން ނަގާފައިވާ ސާމްޕަލްތައް ކަމަށެވެ.

ނަވީން ވިދާޅުވީ ކުރެއްދޫއިން މިހާތަނަށް ނަގާފައިވާ ހުރިހާ ސާމްޕަލްތަކުގެ ނަތީޖާ މިރޭ ލިބޭނެކަމަށެވެ. މީގެ އިތުރުން ނަވީން ވިދާޅުވީ ފުލުހުންގެ ލެބުގައި ޓެސްޓު ހެދުމަށް އިތުރު 15 ލެބް ޓެކްނީޝިއަނުން ތަމްރިން ކުރެވެމުން ދާކަމަށާއި އެމީހުން ތަމްރީން ކުރެވުމުން ދުވާލެއްގެ މައްޗަށް 190 އެއްހާ ޓެސްތު ހެދިގެން ދާނެކަމަށެވެ.

އެގޮތުން މިރޭ 08:30 ގައި ޓެސްޓުގެ ނަތީޖާ އެޗްޕީއޭއާއި ހަވާލުކުރެވޭނެކަމަށް ނަވީން ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355