twitterviber whatsapp telegramfacebookyoutube instagram
1st August 2026

އިތުރު 16 މީހަކު ވައިރަހަށް ޕޮޒިޓިވް ވެއްޖެ

Apr 28, 2020

ކޮވިޑް-19 އަށް އިތުރު 16 މީހަކު ޕޮޒިޓިވްވެ އަދަދު 245 އަށް އަރައިފި އެވެ.

ރޭ ވެސް ތިން މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

އެޗްޕީއޭއިން ބުނީ އެންމެ ފަހުން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ބަންގްލަދޭޝްގެ ނުވަ މީހަކާއި އިންޑިއާގެ ހަތަރު މީހެއްގެ އިތުރުން ތިން ދިވެހިން ކަމަށެވެ. އެހެން ކަމުން ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 245 އަރާފައެވެ.

މިފަހުން ގިނައިން ޕޮޒިޓިވްވަމުންދަނީ ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީންނެވެ. އެ މީހުންގެ މެދުގައި އަދިވެސް މި ބަލި އިތުރަށް ފެތުރިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

މިމަހުގެ 15 ވަނަ ދުވަހު މާލެއިން ފެނުނު ފުރަތަމަ ޕޮޒިޓިވް ކޭސްއާއެކު ފުލުފުލުގައި މި ބައްޔަށް މީހުން ދަނީ ޕޮޒިޓިވްވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355