twitterviber whatsapp telegramfacebookyoutube instagram
17th April 2025

ނަރުދޫން 6، މިލަންދޫއިން އެކަކު ޕޮޒިޓިވްވެއްޖެ

ޚަދީޖާ އާދަމް
Apr 28, 2020

ކޮވިޑް-19 އަށް ށ.ނަރުދޫން ހަ މީހަކު އަދި ށ.މިލަންދޫ އިން އެކަކު ޕޮޒިޓިވް ވެއްޖެއެވެ.

ނަރުދޫން ޕޮޒިޓިވްވި މީހުންނަކީ މި މަހުގެ 15 ވަނަ ދުވަހު މާލެއިން ފުރި ނަރުދޫ "އަމާޒު" ބޯޓުގެ ކެޕްޓަންއާއި ސީދާ ގޮތުން ބައްދަލުވި މީހުންކަމަށް މައުލޫމާތު ލިބެއެވެ. އަދި މިލަންދޫ އިންވެސް ޕޮޒިޓިވް ވެފައިވަނީ އެ ބޯޓުން އެ ރަށަށް ދަތުރުކުރި މީހެއް ކަމަށްވެސް މައުލޫމާތު ލިބެއެވެ.

"އަމާޒު" ބޯޓުގެ ޕްރައިމަރީ ކޮންޓެކްޓްސްގެ ގޮތުގައި 101 މީހަކު ހޯދިފައިވާކަމަށް އެޗްޕީއޭ އިން ރޭ ވަނީ ހާމަކޮށްފައެވެ.

އަމާޒު ބޯޓުގެ ކެޕްޓަން ދާދިފަހުން މި ބައްޔަށް ޕޮޒިޓިވްވުމާއެކު އެޗްޕީއޭ އިން ވަނީ އެ ބޯޓު މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އަދި އެ ބޯޓު ދަތުރުކުރި ރަށްތައް ވެސް މިހާރު ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355