twitterviber whatsapp telegramfacebookyoutube instagram
10th August 2026

ކުޅުދުއްފުށިން ޓެސްޓް ހެދި އެކަކު ނެގެޓިވް

Apr 28, 2020
2

ށ ނަރުދޫ ބޯޓުން ދަތުރު ކުރި ކުޅުދުއްފުށީ ތިން މީހުންގެ ތެރެއިން އެކަކު ނަތީޖާ ނެގެޓިވްވިކަން ހާމަކޮށްފި އެވެ. ދެން ސާމްޕަލް ނެގި އަނެއް ދެ މީހުންގެ ނަތީޖާ އަދި ލިބިފައިނުވާކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ދާއޫދު ވިދާޅުވި އެވެ.

ނަތީޖާ ނެގެޓިވް ވި މީހާއަކީ އަލާމާތް ހުރެގެން ސާމްޕަލް ނެގި މީހެކެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އަދި ޓާސްކް ފޯސްގެ މެނޭޖަރު އަހުމަދު ދާއޫދު ވިދާޅުވީ، ނަރުދޫ، އަމާޒު ބޯޓުން ދަތުރުކުރި އަނެއް ދެ މީހުންގެ ނަތީޖާ އަދި ނުލިބޭ ކަމަށެވެ.

އަދި މި ދަނޑިވަޅުގައިވެސް ހުރިހާ ފަރާތްތަކުން މިހާރުވެސް ހިފަހައްޓަމުންގެންދާ އުސޫލުތައް ދޫނުކުރެއްވުމަށް އޭނާ އިލްމާސްކުރެއްވި އެވެ. އަދި ހަމަ އެންމެންހާ ރައްކާތެރި ފިޔަވަޅުތަކާއެކު އަދިވެސް ގޭގައި މަޑުކުރުމަށް އެދުނެވެ.

ށ އަތޮޅުން ބަލި ޖެހިފައިވާ 7 މީހުން ފެނުމުން އެނގިގެންދަނީ މިސަރަހައްދު އޮތީ ނުރައްކާތެރި ފައްތަރެއްގައި ކަމަށެވެ. އެހެންކަމުން މިހާރުވެސް ސިއްހީ ފަރާތްތަކުން ދެމުންގެންދާ އިރުޝާދުތައް އަޑުއަހައި ގޭގައި ތިބުމަށް އަހުމަދު ނަސޭހަތްތެރިވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355