twitterviber whatsapp telegramfacebookyoutube instagram
1st September 2025

ހުއްދަނުހޯދާ މަނަދޫއިން ފުރި ދެމީހަކު ހައްޔަރުކޮށްފި

Apr 29, 2020

ހުއްދަ ނުހޯދާ ޑިންގީއެއްގައި ނ. މަނަދޫއިން ފުރައިގެން ގޮސް އެ އަތޮޅު ލަންދޫއަށް އަރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ހާމަކޮށްފި އެވެ.

ފުލުހުން ބުނެފައި ވަނީ އިއްޔެގެ ވަގުތެއްގައި ޓާސްކްފޯސްގެ ހުއްދަ ނުހޯދައި މަނަދޫއިން ފުރައިގެން ލަންދޫއަށް ދާން އުޅުނު ދެމީހުން، އެ ރަށު ފަޅަށް ވަންނަން އުޅުމުން ފުލުހުން ވަނީ އެމީހުން ރަށަށް ވަނަ ނުދީ ހުރަސްއަޅާފައި ކަމަށެވެ. އެއާ އެކު އެމީހުން ވަނީ އެނބުރި މަނަދޫއަށް ގޮސްފައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނެފައި ވަނީ ހުއްދައާ ނުލާ ދަތުުރުކުރުމާއި އަދި ރަށްރަށުގެ މަސްލަހަތު ގެއްލޭ ގޮތަށް އަމަލުކޮށްފައިވާ މައްސަލައިގައި ކޯޓް އަމުރެއްގެ ދަށުން ވަނީ ރޭގެ 21:25 ގައި ދެމީހަކު ހައްޔަރުކޮށްފައި ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 40 އަހަރުގެ ދިވެހި ފިރިހެނަކާއި 39 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނެފައި ވަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން ގެންދާ ކަމަށެވެ.

ނ. ނަރުދޫ ބޯޓު ކެޕްޓަން ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމުގައި 14 ރަށެއް ހިމެނޭއިރު އޭގެތެރޭގައި މަނަދޫ ހިމެނެއެވެ. ކޮވިޑް-19 އާ ގުޅޭ ކޮންޓެކްޓްގެ ކޭސްތަކަށް ބަލައި އެރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355