twitterviber whatsapp telegramfacebookyoutube instagram
20th October 2025

އޯލެވެލް އިމްތިހާން ފަސްކުރުމަށް ނިންމައިފި

Apr 29, 2020

މި އަހަރުގެ އޯލެވެލް އިމްތިހާނު ފަސް ކުރަން އެޑިއުކޭޝަން މިނިސްޓްރީއިން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން ނެރުނު ސާކިއުލާއެއްގައި ބުނީ މި ނިންމުން ނިންމީ ސާކިއުލާގައިވާ ގޮތުން ގުރޭޑް 10 އެއްގެ ދަރިވަރުންގެ ސިލަބަސް ނިންމައި، އިމްތިހާނުތަކަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ލިބޭނެ ކަމަށް ނުފެންނާތީ ކަމަށާއި އެގޮތުން މި އަހަރުގެ އޮކްޓޯބަރު އަދި ނޮވެމްބަރުގައި ބާއްވަން ހަމަޖައްސާފައި އޮތް ޖީސީއީ އޯލެވެލް، އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނު ނޯންނާނެ ކަމަށެވެ.

އިމްތިހާނުތައް އޮކްޓޯބަރު އަދި ނޮވެމްބަރު ނުބާއްވާ ގޮތަށް ފަސް ކޮށްފައިވާއިރު ދެން އިމްތިހާނުތައް ބާއްވާނެ ވަކި މުއްދަތެއް ނުބުނެ އެވެ.

ބީޓެކްގެ މާއްދާތައް ކިޔަވާ ދަރިވަރުންގެ އެސައިމެންޓްތަކުގެ ސުންގަޑި ރިވިއު ކުރުމަށް ވެސް ސާކިއުލާގައި އަންގާފައިވެ އެވެ.

އަދި އޮކްޓޯބަރު އަދި ނޮވެމްބަރަށްފަހު ދެން ކެމްބްރިޖްގެ އިމްތިހާނުތައް އޮންނާނީ މެއި އަދި ޖޫންގައި ކަމަށްވެސް ބުނެފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355