twitterviber whatsapp telegramfacebookyoutube instagram
7th December 2025

ރޭންޑަމްކޮށް ސާމްޕަލްނެގި އެކަކު ޕޮޒިޓިވް ވެއްޖެ

Apr 29, 2020
1

ރޭންޑަމްކޮށް ނެގި ސާމްޕަލްތަކުގެ ތެރެއިން އެއް ސާމްޕަލް ޕޮޒިޓިވްފެފައިވާ ކަން ސަރުކާރުން ހާމަކޮށްފި އެވެ. ރޭންޑަމްކޮށް ސާމްޕަލްކޮށް ނަގަން ފަށާފައިވަނީ ޖުތަމައުގެ ތެރޭގައި ކޮވިޑް-19 ބަލި ފެތުރިފައިވާ މިންވަރު ބެލުމަށެވެ.

ބަލި ފެތުރިފައިވާ މިންވަރު ބެލުމަށާއި ޕޮޒިޓިވްވެފައިވާ ކޭސްތަކާ ގުޅޭ ކްލާސްޓާތައް އިތުރަށް ހޯދުމަށް މަގުމަތިން ރެޑަމްކޮށް ސާމްޕަލް ނަގަން ފެށީ މި ހަފުތާގެ ތެރޭގަ އެވެ.

ޑރ. އިބްރާހިމް އަފްޒަލް މިރޭ ވިދާޅުވީ ރެޑަމް އެއް ސާމްޕަލް މިހާތަނަށް ޕޮޒިޓިްވްވެފައިވާ ކަމަށެވެ. އަދި ރެޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރު ވަރަށް ފުޅާކޮށް ކުރަމުންދާތީ ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު އެބަ އޮތް ކަމަށް ވެސް އަފްޒަލް ވިދާޅުވި އެވެ. ރޭންޑަމްކޮށް ސާމްޕަލް މިހާތަނަށް ނަގާފައިވަނީ މާލެ ސަރަހައްދުންނެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު މިހާރު ވަނީ 277 އަށް އަރާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 125 ދިވެހިންނާއި 152 ބިދޭސީންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355