ކޮވިޑް-19 ޖެހިގެން ރާއްޖެއިން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެ އެވެ. ކޮވިޑްގައި ރާއްޖެއިން މަރުވެފައި ވަނީ އުމުރުން 83 އަހަރުގެ އަންހެނެކެވެ.
މަރުވެފައިވަނީ އައިމިނަތު އާދަމް ކިޔާ އަންހެނެކެވެ. އޭނާ މަރުވީ މިއަދު އިރުއޮއްސި 7:30 އެހާކަންހާއިރު އެވެ.
އެމީހާއަކީ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކާ ސީދާ ކޮންޓެކްޓުވި މީހެއްކަމަށް އެޗްޕީއޭއިން މީގެ ކުރިން ވަނީ ހާމަކޮށްފަ އެވެ. އެ މީހާއަކީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަ ކުރެވުނު މީހެކެވެ. އެމީހާގެ ނަތީޖާ ލިބިފައިވަނީ މަރުވި ފަހުންނެވެ.
މީގެ އިތުރުން ދަރުމަންތާގައި ފަރުވާ ދެމުން އަންނަ އިތުރު ބަލި މީހެއްގެ ހާލަތު ވެސް ވަރަށް ދެރަ ކަމަށް އެނގިފައި ވެއެވެ. އެމީހާއަކީ އުމުރުން 80 އަހަރުގެ މީހެކެވެ. މިރޭ އޭނާގެ އޮކްސިޖަން ލެވެލް ދަށްވެގެން ފަރުވާދޭން ފަށާފައިވާ ކަމަށް ޑރ އަފްޒަލް ވަނީ ވިދާޅުވެފަ އެވެ.