ކޮވިޑް-19 އަށް އިތުރު މީހަކު ޕޮޒިޓިވްވެ ރާއްޖެއިން އެ ބަލި ޖެހުނު މީހުންގެ އަދަދު 280 އަށް އަރައިފި އެވެ.
މާލެއިން ކޮވިޑް-19އަށް ޕޮޒިޓިވް މީހުން އަދިވެސް ފެންނަމުންދާތީ ލޮކްޑައުންގެ މުއްދަތު ވެސް މިއަދު ވަނީ އިތުރުކޮށްފަ އެވެ. އިތުރު ކޮށްފައި ވަނީ 14 ދުވަހަށެވެ.
ކޮވިޑް ޖެހުނު މީހުންގެ އަދަދު 280 އަށް އަރާފައިވާއިރު އޭގެ ތެރެއިން އެކަކު ވަނީ މަރުވެފައެވެ. ކޮވިޑްގައި ރާއްޖެއިން މަރުވެފައި ވަނީ އުމުރުން 83 އަހަރުގެ އަންހެނެކެވެ. އޭނާ މަރުވީ މިއަދު އިރުއޮއްސި 7:30 އެހާކަންހާއިރު އެވެ.
އެ މީހާއަކީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަ ކުރެވުނު މީހެކެވެ. އެމީހާގެ ނަތީޖާ ލިބިފައިވަނީ މަރުވި ފަހުންނެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވީ 17 މީހުނެވެ. ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ. ދެން އެންމެ ގިނައީ ދިވެހިންނެވެ.