twitterviber whatsapp telegramfacebookyoutube instagram
29th July 2026

ޒަރޫރީ ބޭނުންތަކަށް އަންނަ ފަރާތްތަކުން ކުރިއެކޭވެސް އެއްގޮތަށް ހުއްދަ ހޯދަން ޖެހޭނެ

Apr 30, 2020

ކުޅުދުއްފުށީގައި ހިންގާފައިވާ ކާފިއު ބަދަލުތަކެއް ގެނެސްފައިވީނަމަވެސް ފުރަބަންދަށް އެއްވެސް ބަދަލެއް އެޗްޕީއޭއިން ގެނެސްފައިނުވާތީ ޒަރޫރީ ބޭނުންތަކަށް ކުޅުދުއްފުއްޓަށް އަންނަ ފަރާތްތައް ކުރިއެކޭވެސް އެއްގޮތަށް ހުއްދަ ނަގަން ޖެހޭނެކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެފި އެވެ.

ކުޅުދުއްފުށީގައި ހިންގާފައިވާ ކާފިއުގައި ބޭރަށް ނުކުމެ އުޅުމުގައި ވަނީ ލުއިތަކެއްދީފައި އެވެ. އެގޮތުން މާދަމާ ހެނދުނު 6 ފެށިގެން މެންދުރުފަހު 3:30 އަށް، ޓާސްކް ފޯސްގެ ހުއްދަ ނުހޯދާ ޒަރޫރީ ބޭނުންތަކުގައި ބޭރުގައި އުޅެވޭނެ އެވެ.

އެކަމަކު އެހެން ރަށްރަށުން ކުޅުދުއްފުއްޓަށް އާދެވޭނީ މިހާރު އަމަލުކަމުންދާ ގޮތަށް ޒަހޫރީ ބޭނުމަށް ކުރިއާލައި ހުއްދަ ހޯދައިގެން ކަމަށް ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އެޗްޕީއޭއިން ފުރަބަންދަށް ނުވަތަ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމަށް އޮތް އުސޫލަކަށް ބަދަލުގެނެސްފައިނުވާ ކަމަށެވެ.

📢 ކުޅުދުއްފުށީގައި ހިންގާފައިވާ ފުރަބަންދަށް ބަދަލުތަކެއް ގެނެވިފައިވާ ވީ ކަމުގައި ވިޔަސް

🏥 ހެލްތު ޕްރޮޓެކްޝަން...

Posted by Kulhudhuffushi Council on Thursday, April 30, 2020

ލަތީފް ވިދާޅުވީ އެގޮތުން އެރަށެއްގެ ސިއްހީ މަރުކަޒު މެދުވެރިކޮށް އިތުރު ފަރުވާއަށް އަންނަ ފަރާތްތަކާއި ކާބޯކެތި ބަލައި އަންނަ ފަރާތްތަކަށް ކުރިއެކޭވެސް އެގޮތަށް ހުއްދަ ހޯދަން ޖެހޭނެ ކަމަށެވެ. އަދި މުދާ ބަލައި އަންނަ ފަރާތްތަކަށް މިހާރެކޭވެސް އެއްގޮތަށް މުދާ ލިބޭނެ ކަމަށާ އެކަމަކު އެފަރާތްތަކަށް ރަށަށް ނޭރޭނެ ކަމަށް ލަތީފް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355