twitterviber whatsapp telegramfacebookyoutube instagram
20th May 2024

ބަލި ޖެހި އަލާމާތް ނުފެންނަ މީހުން ގިނަ: ޑރ އަފްޒަލް

ނަބީލާ އިސްމާޢީލް
May 2, 2020

ރާއްޖޭގައިވެސް މިހާރު ހަލުވި ކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 ޖެހި، ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ މީހުން ރާއްޖޭގައި ގިނަކަމަށް ބުނެފި އެވެ.

ރޭ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ރާއްޖޭގައި އަލާމާތް ފެންނަ މީހުންނާއި، އަލާމަތް ނުފެންނަ މީހުން އުޅެނީ ގާތްގަނޑަކަށް އެއްވަރެއްގައި ކަމަށެވެ.

ޑރ. އަފްޒަލް ވިދާޅުވީ މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން 41 ޕަސެންޓު މީހުންގެ ފަރާތުން ބަލީގެ އަލާމާތެއް ނުފެންނަ ކަމަށާއި، 59 ޕަސެންޓު މީހުންގެ ފަރާތުން އަލާމާތްތައް ފެނިފައިވާ ކަމަ ށެވެ. އަދި އަލާމާތް ނުފެންނަ މީހުން ގިނަވުމުގެ މާނައަކީ ރާއްޖޭގައި ގިނަ މީހުންނަށް ބަލި ޖެހެނީ ވަރަށް "މައިލްޑް" ކޮށް ކަމަށެވެ.

މިއީ ރަނގަޅު ކަމެއް ނަމަވެސް އަލާމާތް ނުފެންނަ މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑުވުމަކީ ކަންބޮޑުވުމެއް ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑޮކްޓަރު ވިދާޅުވީ ބަލީގެ ޒާތަށް ބަލާއިރު ގިނަ ބަޔަކަށް އަލާމާތެއް ނުފެނި ބަލި ޖެހުމުގެ މާނައަކީ ރާއްޖޭގައި އެ ބަލި އުޅެނީ ވަރަށް މައިލްޑްކޮށް ކަމަށާއި އެހެންކަމުން އެއީ "ޕޮޒިޓިވް" ކަމެއް ކަމަށެވެ. ޕޮޒިޓިވް ކަމެއްގެ ގޮތުގައި ޑޮކްޓަރު އެ ވިދާޅުވަނީ މި ބަލިން އަރައިގަނެވެން އަންނަނީ އާބާދީގެ ގިނަ ބަޔަކަށް އިމިއުނިޓީ ލިބިގެން ކަމަށް ވާތީއެވެ.

ގިނަ ބައެއްގެ ފަރާތުން އަލާމާތްތައް ފެނި، ބަލީގައި ހާލުބޮޑުވާ މީހުން ގިނަވެއްޖެ ނަމަ، ވަރަށް އުނދަގޫވާނެކަން ޑޮކްޓަރު ފާހަގަކުރެއްވިއެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް 491 މީހަކު ވަނީ ޕޮޒިޓިވްްވެފައެވެ. މީގެ ތެރޭގައި 157 މީހުންނަކީ ދިވެހިންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355