twitterviber whatsapp telegramfacebookyoutube instagram
20th May 2024

މާލޭގައި ތާށިވެފައި ތިބި ރަށްރަށުގެ މީހުންނަށް ރަށަށް ދެވޭނެ އުސޫލެއް މިއަދު އިއުލާނުކުރަނީ

ނަބީލާ އިސްމާޢީލް
May 2, 2020

ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 އަށް ޕޮޒިޓިވް މީހެއް މާލެއިން ފެނި މިދިޔަ މަހު 15 ވަނަ ދުވަހު މާލެ ސަރަހައްދު ލޮކްޑައުން ކުރުމާއި ގުޅިގެން މާލޭގައި ތާށިވެފައި ތިބި ރަށްރަށުގެ މީހުންނަށް ރަށަށް ދެވޭނެ އުސޫލެއް މިއަދު އިއުލާނުކުރުމަށް ނިންމައިފި އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ އެ އުސޫލުގެ ދަށުން މާލޭގައި ތާށިވެފައި ތިބި މީހުންނަށް ރަށްރަށަށް ދެވޭނެ ކަމަށެވެ.

މަބްރޫކު ވިދާޅުވީ އެ އުސޫލުތަކަކީ ކޮބައިކަމާއި އަދި ރަށްރަށަށް ދަތުރުކުރެވޭނެ ގޮތްތައް ބަޔާންކޮށް ޖެންޑާ މިނިސްޓްރީން އިއުލާނެއް ނެރޭނެ ކަމަށާއި އެކަން ކުރުމަށްޓަކައި މާލޭގައި ތާށިވެފައި ތިބި މީހުންގެ މައުލޫމާތު ޖެންޑާ މިނިސްޓްރީން އެއްކޮށްފައިވާ ކަމަށެވެ.

މުޅި ރާއްޖެ ލޮކްޑައުންކުރުމާ ގުޅިގެން މާލެއިން ރަށްރަށަށް އަދި ރަށްރަށުން މާލެއަށް ދާން ބޭނުންވާ މީހުން ރަޖިސްޓަރީވުމަށް ކައުންސިލު އިދާރާތަކުން މިހާރު ވަނީ އިއުލާނުކޮށްފައެވެ. ކައުންސިލުތަކުން މިހާރު އަންނަނީ އެ މައުލޫމާތުތައް އެއްކުރަމުންނެވެ.

އެކި އެކި ބޭނުންތަކަށް ކުރުމުއްދަތަކަށް މާލެ ގޮސް ތާށިވެ، މާލޭގައި ތިބުމަށް ދަތިވެ ހާލުގައި ޖެހިފައިވާ މީހުން ވަރަށް ގިނަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355