twitterviber whatsapp telegramfacebookyoutube instagram
20th May 2024

ޗައިނާއިން ރާއްޖެއަށް ހަދިޔާކުރި 10 ވެންޓިލޭޓަރު ގެނެސްފި

May 3, 2020
1

ކޮވިޑް-19އާ ދެކޮޅަށް ރާއްޖެ އިން ކުރާ މަސައްކަތުގައި އެހީވުމަށް ޗައިނާ އިން ދިން 10 ވެންޓިލޭޓަރު މިއަދު ރާއްޖެ ގެނެސްފި އެވެ.

މީގެ އިތުރުން އެ ގައުމުންނާއި ޗައިނާގެ ބައެއް އަމިއްލަ ކުންފުނިތަކުން ރާއްޖޭގެ ސިއްހީ ދާއިރާއި ހަދިޔާކުރި ތަކެތިވެސް މިއަދު ވަނީ ގެނެސްފަ އެވެ.

ޗައިނާއިން މިއަދު ހަވީރު އައި މަތިންދާބޯޓުން ރާއްޖެ ގެނައީ އެ ގައުމުގެ ފޮރިން މިނިސްޓްރީން ދިން ތަކެއްޗާއި އަލީ ބާބާގެ ފައުންޑަރު ޖެކްމާ ހަދިޔާ ކުރެއްވި ތަކެއްޗާއި ޗައިނާގެ ގުއާންޒީ ސިޓީން މާލެ އަށް ހަދިޔާކުރި ތަކެއްޗެވެ.

ޗައިނާ އިން ގެނައި މި އެހީއާ ގުޅޭ ގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރާއްޖެއަށް ކުރިމަތިވެފައިވާ އިންސާނީ އަދި އިގުތިސާދީ ގޮންޖެހުމުގައި އެކުވެރި ޗައިނާ އިން ވެދެމުންދާ ދީލަތި އެހީތެރިކަމަށްޓަކައި އެ ގައުމުގެ ސަރުކާރާ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ، ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަނުން ކުޑަކުދިންނަށް ޚާއްސަ 5،000 މާސްކް މިދިޔަ މަހު ހަދިޔާ ކޮށްފައިވާ ކަމަށެވެ.

ޗައިނާއިން ރާއްޖެއަށް ގެނައި ތަކެތީގެ ތެރޭގައި، 10 ވެންޓިލޭޓަރު، 10،000 ޓެސްޓިން ކިޓް، 20،9080 ޑިސްޕޯސަބަލް ޕްރޮޓެކްޓިވް މާސްކް، އެން 95 ޕްރޮޓެކްޓިވް 11،500 މާސްކް، ކޭއެން 95 ޕްރޮޓެކްޓިވް 20،000 މާސްކް، 50 އިންފްރާރެޑް ތާމޯމީޓަރު، 500 ގޮގުލް، ފަރުވާދޭ 20 އެނދު ހިމެނެއެވެ.

އެހީގެ ތަކެތި ރާއްޖެއާ ހިސާބަށް ގެނައުމަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޖާންލިޖޮން ކުރައްވާ މަސައްކަތް ފާހަގަ ކުރައްވާ އޭނާއަށް ވެސް ޝާހިދު ޝުކުރު އަދާ ކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355