twitterviber whatsapp telegramfacebookyoutube instagram
20th May 2024

އަތޮޅުތަކަށް 37000 ބަސްތާ ކާޑު ފޮނުވާފައިވޭ

May 4, 2020

ސަރުކާރުން ގެންދަނީ މާލޭގެ އިތުރުން އަތޮޅުތަކުގެ ރަށްތަކަށްވެސް ކާޑުގެ ބާވަތްތައް ފޯރުކޮށް ދެމުން ކަމަށާއި އިއްޔެ އެކަނިވެސް އަތޮޅުތަކުގެ ރަށްތަކަށް 37000 ބަސްތާގެ ކާޑުގެ ބާވަތްތައް ފޮނުވާފައިވާކަމަށް ސަރުކާރުން ބުނެފި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ މިއަދު އަތޮޅުތަކަށް 17000 ބަސްތާގެ ހަނޑުލާއި 11000 ބަސްތާގެ ފުށާއި 9000 ބަސްތާގެ ހަކުރު އެސްޓީއޯއިން ފޮނުވާފައިވާކަމަށެވެ.

މީގެ އިތުރުން ރާއްޖެއަށް އެތެރެކޮށްފައިވާ 20 ފޫޓުގެ 53 ކޮންޓެއިނަރތަކާއި 40 ފޫޓުގެ 29 ކޮންޓެއިނަރ މިއަދު ކްލިއަރ ކޮށްފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވީ މާލެ ފުރަބަންދު ކުރުމާގުޅިގެން ވިޔަފާރިކުރުމަށް މިހާތަނަށް 27800 ފަރާތަކަށް ގްރޮސެރީ ޕާމިޓް ދޫކޮށްފައިވާކަމަށެވެ. އަދި މާލޭގައި ޑެލިވަރީކުރަން މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން ބިޒްނަސް ޕާމިޓްގެ ގޮތުގައި 14398 ހުއްދައެއް މިހާތަނަށް ދޫކޮށްފައިވާ ކަމަށެވެ.

މާލެ ސަރަހައްދުގެ ފިހާރަތަކަށް ކާޑު ގުދަނުން ކާޑު ގަނެވޭނެ ކަމަށާއި، ރަށްރަށުގައި ކާޑު ހުރި މިންވަރެއް ބެލުމަށް ގުޅަމުންދާ ކަމަށް މީގެ ކުރިން އެސްޓީއޯއިން ވެސް ވަނީ ވިދާޅުވެފައެވެ. އަދި ކާޑުގެ ޑިމާންޑު ބޮޑުވިނަމަވެސް، ކާޑު ލިބުމުގައި އަދި ދަތިކަމެއް ނެތްކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން މިދިޔަ އޭޕްރިލްމަހުގެ ފަހު ހަފްތާގެ ތެރޭގައި އެސްޓީއޯއިން ވަނީ އަތޮޅުތަކަށް 40،000 ބަސްތާގެ ކާޑު ފޮނުވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355