twitterviber whatsapp telegramfacebookyoutube instagram
21st May 2024

މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ފެންނަނީ ވަރަށް އާދައިގެ އަލާމަތްތައް

May 4, 2020

ކޮވިޑް-19 އަށް މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ އުމުރުން 20 އަހަރާއި 40 އަހަރުގެ މީހުން ކަމަށާއި ބަލި ޖެހުނު މީހުންގެ ކިބައިން ފެންނަނީ ކެއްސުމާއި ކަރުގަ ރިހުން ފަދަ ވަރަށް އާދައިގެ އަލާމާތްތަކެއް ކަމަށް ނޭޝަނަލް އިމަޖެންސީ ރެސްޕޮންސް ސެންޓަރު (އެންއޯއީސީ) އިން ބުނެފި އެވެ.

އެންއީއޯސީގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހީމް އަފްޒަލް ވަނީ މިހާތަނަށް ޕޮޒިޓިވި މީހުންގެ މައުލޫމާތުތައް ހިމެނޭ ތަފާސް ހިސާބުތައް ހިއްސާކޮށްފަ އެވެ. އެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިހާތަނަށް ޕޮޒިޓިވްވި 25 މީހުންނަކީ، އުމުރުން 32 އަހަރުގެ މީހުންނެވެ. އަދި 20 އަހަރާއި 40 އަހަރާ ދެމެދުގެ އުމުުރުފުރައިން ޕޮޒިޓިވްވި މީހުންގެ އަދަދު 10 އަކަށް ވުރެ މައްޗެވެ. މި އުމުރުފުރާތަކުންް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ ރާއްޖެ އަދި ބަންގްލަދޭޝް މީހުންނެވެ.

އަފްޒަލް ވިދާޅުވި ގޮތުގައި އެ އުމުރުފުރައިގެ މީހުންނަށް ގިނައިން ވައިރަސް ޖެހިފައި ވަނީ، އެ އުމުރު ފުރައިގެ މީހުންނަކީ، ގިނައިން ބޭރަށް ނުކުމެ އުޅޭ މީހުން ކަމަށްވާތީ އެވެ.

މިހާތަށް ފެނުނު ކޮންޓެކްސްތަކުގެ އަދަދު އުޅޭނީ 3،900 އަށްވުރެ މަތީގަ އެވެ. އޭގެ ތެރެއިން ވައިރަހުގެ އަލާމާތްތައް ފެންނަނީ ނިސްބަތުން މަދު ބަޔަކަށެވެ. ވަކި ވަކި ކްލަސްޓާތަކަށް ބަލާއިރު، އެންމެ ގިނަ ކޮންޓެކްސްތައް ނިސްބަތްވަނީ ބިދޭސީން ގިނަ އަދަދަކަށް ހިމެނޭ ކްލާސްޓާތަކުންނެވެ. އެގޮތުން ބާޒާރުމައްޗަށް ނިސްބަތްވާ (ބީޒެޑްއެމް) ކްލާސްޓާއިން 925 މީހަކު ހިމެނޭއިރު، އޭއެމްޗް ކްލާސްޓާގައި 757 މީހުން ހިމެނެ އެވެ.

މިހާރު ރާއްޖޭގައި ވައިރަހަށް ފަރުވާ ދެމުންދާ 507 މީހުންގެ ތެރެއިން ގިނަ މީހުންނަކީ، ވައިރަހުގެ އަލާމާތްތައް ފެނުނު މީހުންނެވެ. ޕަސަންޓޭޖުން ބަލާއިރު، އެއީ 61 ޕަސަންޓެވެ. އަލާމާތްތައް ނުފެނި ވައިރަސް ޖެހިފައި ވަނީ 39 ޕަސަންޓު މީހުން ނެވެ.

ޑރ. އަފްޒަލް ވިދާޅުވި މިހާތަނަށް ފެނުނު ކޭސްތަކުން އާންމުކޮށް ފެންނަ އަލާމާތްތަކަކީ ހިކި ކެއްސުމާއި ކަރުގަ ރިހުމާއި ހުންއައުން ކަމަށެވެ.

އެހެނިހެން އަލާމާތްތަކުގެ ތެރޭގައި ބޮލުގައި ރިއްސުން، ރަނިން ނޯސް، ކިބިހި އެޅުން، ގައިގެ އެކި ތަންތަނުގައި ރިއްސުން، ނޭވާލާން އުދަނގޫވުން/ ނޭވާ ކުރުވުން، ވަރުބަލިވުން، ބޭރަށްހިންގުން، ހީކެރުވުން އަދި ފެން ކަޅިވުން މިއެވެ.

މިހާތަނަށް ރާއްޖޭގައި 8،813 ސާޕްލް ނެގި އިރު، ނަތިޖާ ނުލިބޭ އަދި 212 ސާމްޕަލް އެބައުޅެ އެވެ.

މިހާރުވެސް ހައި ރިސްކް ނުވަތަ ނާޒުކު ކެޓަގަރީއެއްގެ އާބާދީތަކެއްގެ އެކްޓިވް ސަވައިލެންސް ހަދަމުން އަންނަކަން ފާހަގަ ކުރައްވާ ޑރ. އަފްޒަލް ވިދާޅުވީ، ބިދޭސީން ދިރިއުޅޭ 23 ސައިޓެއް މޮނީޓާ ކުރަމުން އަންނަ އިރު، އަދި ސާވެއިލެންސް މުޅިން ނިމިފައި ވަނީ ހަތް ސައިޓުގައި ކަމަށެވެ.

މިހާތަނަށް ރާއްޖެއިން 527 މީހުން ވައިރަހަށް ޕޮޒިޓިވްވެފައިވާއިރު 18 މީހުން ވަނީ ރަނގަޅުވެފަ އެވެ. އަދި ޕޮޒިޓިވްވެފައިވާ އެކަކު ވަނީ މަރުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355