twitterviber whatsapp telegramfacebookyoutube instagram
25th April 2024

ރާއްޖޭގައި ތާށިވެފައި ތިބި އިންޑިޔާ މީހުން ބަލާ ދެ މަނަވަރު ފޮނުވަނީ

May 5, 2020

އެކި ގައުމުތަކުގައި ތާށިވެފައި ތިބި އިންޑިއާ މީހުން އަނބުރާ ގައުމަށް ގެންދިއުމުގެ އޮޕަރޭޝަނުގެ ދަށުން ރާއްޖޭގައި ތިބި މީހުން ގެންދަން ދެ މަނަވަރު ފޮނުވާފައިވާ ކަމަށް އިންޑިއާގެ ދިފާއީ ތަރުޖަމާނަކު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އިތުރުން ޔޫއޭއީގައި ތިބި މީހުން ގެންދަން މަނަވަރެއް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ރާއްޖޭގައި ތިބި އިންޑިޔާގެ ރައްޔިތުން ބަލައި އައިއެންއެސް ޖަލަޝްވާ އާއި އައިއެންއެސް މަގަރު ހޯމަ ދުވަހުގެ ރޭ ވަނީ ރާއްޖެ އަށް ދަތުރު ފަށާފައެވެ.

އިންޑިއާ ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ މަނަވަރުތަކުގެ އިތުރުން މަތިންދާ ބޯޓުގައި މީހުން އުފުލުމުގެ މަސައްކަތް ބުރާސްފަތި ދުވަހު ފަށާނެ ކަމަށާއި ނަމަވެސް ދަތުރުގެ ހަރަދު ހަމަޖައްސަން ޖެހޭނީ އެ މީހަކު އަމިއްލައަށް ކަމަށެވެ. މީގެ ކުރިން ވަނީ 60 ފްލައިޓް ބާއްވައިފަ އެވެ

ހުކުރު ދުވަހު ރާއްޖެ އަށް އަންނަ މަނަވަރުން ފުރަތަމަ ދަތުރުގައި 700 މީހުން ގެންދާނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ރޭ ވަނީ ބުނެފަ އެވެ. ރާއްޖޭގައި ދިރިއުޅޭ ގާތްގަނޑަކަށް އިންޑިއާގެ 30،000 މީހުންގެ ތެރޭން 52 މީހުން ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ.

އިންޑިއާ މީހުން ގޮވައިގެން ތިން މަނަވަރު ވެސް އެނބުރި ދާނީ ކޮޗީއަށެވެ. ގައުމަށް އެނބުރި ގެންދާ މީހުން ކޮޗީގައި 14 ދުވަސްވަންދެން ކަރަންޓީނުގައި ތިބެން ޖެހޭނެ އެވެ.

ޔޫއޭއީގައި އިންޑިއާގެ 3.4 މިލިއަން މީހުން އުޅޭ ކަމަށްވެ އެވެ. އެނބުރި އިންޑިއާ އަށް ދާން ބޭނުންވާ ކަމަށް ބުނެ ދުބާއީން ވަނީ 200،000 މީހުން ނަން ނޯޓުކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355