ށ. ކަނބާލިފަރުގައި މަރުވި ބިދޭސީއެއް ކޮވިޑަށް ޓެސްޓް ކުރަން ނިންމާފައިވާ ކަމަށް އެންއީއޯސީން ބުނެފި އެވެ.
މިރޭ އެ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ މަރުވި ބިދޭސީއެއްގެ މައްސަލަ ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި މިވަގުތު އޭނާގެ ހަށިގަނޑު މާލެ ގައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ގޮތް ނޭންގޭ މަރުތަކާއި ގުޅިގެން ސާމްޕަލް ނަގާ ޓެސްޓް ކުރާ ކަމަށާ އެހެން ކަމުން އެ މީހާގެ ސާމްޕަލް ނަގާ ޓެސްޓް ކުރުމަށް ނިންމާފައިވާ ކަމަށްވެސް މަބުރޫކް ވިދާޅުވި އެވެ.
ކޮވިޑް ޖެހިގެން މިއަދުވެސް ވަނީ ބިދޭސީއަކު މަރުވެފައެވެ. ނަމަވެސް އޭނާ މަރުވެފައިވަނީ ކޮވިޑްގެ ސަބަބުން ކަމަށް ނުބެލޭ ކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ. ސަބަބަކީ އޭނާގެ ބޮލަށް ގެއްލުންވެ. ސިކުނޑިއަށް ލޭ އެޅިފައިވުމެވެ.