ކޮވިޑް-19 ޖެހިފައިވާ އިތުރު މީހަކަށް ވެންޓިލޭޓަރު ގުޅައި ފަރުވާ ދޭން ފަށާފައިވާ ކަމަށް އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް މިރޭ ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19އާ ބެހޭ ގޮތުން މައުލޫމާތު ދޭން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.އަފްޒަލް ވިދާޅުވީ މިހާރު ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަނީ އުމުރުން 70 އަހަރާ 88 އަހަރުގެ ދެ ފިރިހެނުންނަށެވެ.
ދެމިހުންގެ ތެރެއިން 88 އަހަރުގެ މީހާ އަށް ވެންޓިލޭޓަރުގައި ފަރުވާ ދޭން ފެށީ މި މަހުގެ ތިން ވަނަ ދުވަހު އެވެ.
މިރޭ އެ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ކޮވިޑަށް ފަރުވާ ދިނުމަށް ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ގާއިމްކޮށްފައިވާ ސެންޓަރުގައި މި ވަގުތު ހަ މީހަކަށް ފަރުވާ ދެމުންދާ ކަމަށެވެ.
އެއީ އުމުރުން 80 އަހަރުގެ ފިރިހެނަކާއި 48 އަހަރުގެ ދެ ފިރިހެނަކާއި 58 އަހަރުގެ އަންހެނެއްގެ އިތުރަށް 48 އަހަރުގެ ޕާކިސްތާނު ފިރިހެނަކަސެވެ. މީގެ ތެރެއިން 80 އަހަރުގެ މީހާއަށް އޮކްސިޖަން ދެމުން އަންނަ ކަމަށާއި އެންމެންގެ ހާލު ވެސް ސްޓޭބަލް ކަމަށް ވިދާޅުވި އެވެ.