ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 600 އަށް މިއަދު އަރައިފި އެވެ.
އެޗްޕީއޭ އިން ބުނީ މިއަދުގެ ހަވީރު 4:30 އާ ހަމައަށް ވަނީ 618 މީހަކު ރާއްޖެ އިން ޕޮޒިޓިވްވެފަ ވާ ކަމަށާއި މިއަދުގެ އެ ވަގުތާ ހަމައަށް އެކަނި ވެސް 44 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.
މިހާތަނަށް ރާއްޖެ އިން ކޮވިޑް-19 އަށް އެންމެ ގިނައިން ޕޮޒިޓިވް ވެފައި ވަނީ ބަންގްލަދޭޝްގެ މީހުންނެވެ. އެގޮތުން މިއަދު ޕޮޒިޓިވްވީ ބަންގްލަދޭޝްގެ 35 މީހަކާއި އަށް ދިވެއްސަކާއި އިންޑިއާގެ ދެ މީހެކެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ކުދިކުދި ތަންތަނުގައި ތޮއްޖެހިގެން އުޅޭ މީހުން ކަމަށް އެ އިދާރާ އިން ބުނެ އެވެ.
ރާއްޖޭގައި ދިވެހިން ފިޔަވާ އެންމެ ގިނައިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުން ނިސްބަތްވާ ގައުމުތަކަކި ބަގްލަދޭޝް، އިންޑިޔާއެވެ.
ދެން އުޅެނީ ސްރީ ލަންކާ އާއި ޕާކިސްތާނާއި ނޭޕާލާއި އިޓަލީގެ މީހުންނެވެ.
މިއަދުގެ ހަވީރާ ހަމައަށް ބަގްލަދޭޝްގެ 325 މީހަކު ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. ދިވެހިން ތެރެއިން ޕޮޒިޓިވްވީ 213 މީހެކެވެ. އިންޑިއާގެ މީހުންގެ އަދަދަކީ 54 އެވެ.