twitterviber whatsapp telegramfacebookyoutube instagram
21st May 2024

ހެރެތެރަ ރިސޯޓު ކަރަންޓީން ފެސިލިޓީން ބަޔަކު ފިލައިފި

May 6, 2020

އައްޑު އަތޮޅު ހެރެތެރެ ރިސޯޓްގައި ކަރަންޓީންކޮށްފައި ތިބި މީހުންގެ ތެރެއިން ފަސް ދިވެހި ފިރިހެނަކު ފިލާފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

ފުލުހުން ބުނީ ފިލި ފަސް މީހުންގެ ތެރެއިން އެކަކު މިހާރު ހޯދާފައިވާ ކަމަށެވެ. އަދި އަނެއް ހަތަރު މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ހެރެތެރެ ހާއްސަކޮށްފައިވަނީ ދެކުނުގެ އަތޮޅުތަކުން ކަރަންޓީންކުރަން ޖެހޭ މީހުންނަށެވެ. ރިސޯޓްގައި ހުރުމާއި ކެއުމުގެ ކަންކަން ސަރުކާރުން ވަނީ ހަމަޖައްސައިފަ އެވެ.

މިއީ ކަރަންޓީން ފެސިލިޓީއަކުން މީހަކު ފިލި ފުރަތަމަ ފަހަރެވެ. ނަމަވެސް މީގެ ކުރިން ވަނީ ކަރަންޓީނަށް ދިއުމަށް ދެކޮޅު ހެދި ބައެއް މީހުން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ކަރަންޓީނަށް ގެންގޮސްފަ އެވެ. އަދި ލޮންޑައުން ކޮށްފައިވާ ބައެއް ރަށްރަށާއި ރިސޯޓުތަކުން އެހެން ރަށްތަކަށް ދިޔަ މީހުން ވެސް މީގެ ކުރިން ހައްޔަރުކޮށްފައިވެ އެވެ.

ކޮވިޑް-19 އަށް ރާއްޖޭން މިހާތަނަށް 618 މީހުން ޕޮޒިޓިވް ވެފަވާއިރު މާލޭގެ އިތުރުން އަތޮޅުތެރޭގެ ބައެއް ރަށްރަށުން ވެސް ވަނީ ބަލި ފެނިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355