twitterviber whatsapp telegramfacebookyoutube instagram
21st May 2024

އަދިވެސް 77،000 މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އެބައޮތް

May 8, 2020

މިހާރު ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު އޮތްގޮތުން އަދިވެސް 77،000 މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އެބައޮތް ކަމަށް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެ އެވެ.

ޝީނާ ވަނީ މި ހާލަތުގައި ޕީކަށްދާ ދުވަހު ރާއްޖޭގެ ހާލަތު އޮންނާނެ ގޮތުގެ ތަފްސީލްވެސް ހިއްސާކޮށްފައެވެ.

އެންއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. ޝީނާ ވަނީ ލޮކްޑައުންއާ ގުޅިގެން ކުރިން ލަފާކުރި އަދަދުތަކަށް ބަދަލުތަކެއް އައިސްފައިވާ ކަމަށާއި އެގޮތުން މިހާރު ޕީކް ޑޭ ގައި 1،562 މީހަކަށް ބަލި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާ ނަމަވެސް ޓެސްޓް ކުރެވޭ ކެޕޭސިޓީއަށް ބަލާއިރު އެ ދުވަހު ދެނެގަނެވޭނީ 390 ކޭސް ކަމަށް ވަނީ ލަފާކޮށްފައެވެ.

އެގޮތުން ޕީކް ޑޭ ގައި ހޮސްޕިޓަލްގައި 34 މީހަކު އެޑްމިޓްކޮށް ފަރުވާ ދޭން ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި މިމަހުގެ 15 އިން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 13،568 މީހުންނަށް ހޮސްޕިޓަލްގައި ފަރުވާ ދޭން ޖެހޭނެ ކަމަށްވެސް ވަނީ ލަފާކޮށްފަ އެވެ.

އަދި ޕީކަށްދާ ދުވަހު 12 މީހަކަށް އައިސީޔޫގައި ފަރުވާދޭން ޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު މިމަހުގެ ފަހު ފަނަރަ ދުވަހު 101 މީހަކަށް އައިސީޔޫގައި ފަރުވާދޭން ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މިއީ މިހާތަނަށް އަދި ރާއްޖެއިން ދުވަހެއްގައި ޕޮޒިޓިވްވެފައިވާ މިންވަރެއް ނޫނެވެ. ޝީނާ ވިދާޅުވި އަދިވެސް ބޭނުންވާ މިންވަރަށް ދަށް ނުކުރެވޭ ކަމަށް ވިދާޅުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355