އައިޖީއެމްއެޗްގައި އަލަށް އުފަންވާ ކުދިން ފުރަތަމަ ބައިތިއްބާ ނިއޯ ނޭޓަލް އިންޓެންސިވް ކެއާ ޔުނިޓް (އެންއައިސީޔޫ) ގައި މި ވަގުތު ތިބި ތުއްތު ކުދިން ކޮވިޑަށް ޓެސްޓްކުރަން ފަށައިފި އެވެ.
މި ކުދިން ޓެސްޓްކުރަން ފަށާފައިމިވަނީ އެންއައިސީޔޫ ގައި މަސައްކަތް ކުރާ ނަރުހަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.
މިހާރު ހަމަޖައްސާފައިވާ އުސޫލަކީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައިވާ އެއްވެސް މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ ނަމަ އެމީހަކު ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކުރުމެވެ. އެގޮތުން އެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮތް މާބަނޑު އަންހެނަކު ވެސް ކޮވިޑަށް ޕޮޒިޓިވް ވުމުން ދާދި ފަަހުން ވަނީ ޓްރީޓޮޕަށް ބަދަލު ކޮށްފަ އެވެ.
އެގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފަސް މީހަކު މިހާރު އެޑްމިޓް ކޮށްފައިވާ ކަމަށް އައިޖީއެމްއެޗުން މިއަދު ވަނީ ބުނެފަ އެވެ.
ކޮވިޑް-19 ގެ ބަލީގެ މީހުންނަށް ޓްރީ ޓޮޕް ހޮސްޕިޓަލްގައި މިވަގުތު ޚާއްސަ ކޮށްފައި ވަނީ 45 އެނދެވެ. އެއީ 15 އައިސީޔޫ އެނދާއި 30 ޖެނެރަލް ބެޑެވެ.