twitterviber whatsapp telegramfacebookyoutube instagram
7th December 2025

ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 5،180 މީހަކު ފާހަގަ ކުރެވިފައިވޭ

May 10, 2020

މީހަތަނަށް ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓްވި 5،180 ފާހަގަ ވެފައިވާ ކަމަށް އެންއީއޯސީން ބުނެފި އެވެ.

އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ރާއްޖެއިން މިހާތަނަށް 785 މީހުންނަށް ބަލި ޖެހިފައިވާއިރު ޕޮޒިޓިވްވީ މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 5،180 މީހުން ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި 291 ތަނެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު މިރޭގެ ނިޔަލަށް 719 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބިއިރު 1،521 މީހުން ކަރަންޓީންގައި އެބަތިއްބެވެ. އަދި މިއަދު 130 މީހުން ކަރަންޓީނުން ދޫކޮށްލާފައިވާއިރު މިއަދުގެ ނިޔަލަށް ޖުމްލަ 2،370 މީހުން ކަރަންޓީނުން ދޫކޮށްލާފައިވާ ކަމަށް މަބުރޫކް ވިދާޅުވިއެވެ

މި ވަގުތު ބައްޔަށްފަރުވާ ހޯދަމުންދަނީ 751 މީހުންނެވެ. އަދި މީހާތަނަށް 29 މީހަކު ރަނގަޅުވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 16 ދިވެހިންނާއި 13 ބިދޭސީންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355