twitterviber whatsapp telegramfacebookyoutube instagram
1st August 2026

ކޮވިޑަށް ޕޮޒިޓިވްވި އަދަދު 835 އަރައިފި

ޚަދީޖާ އާދަމް
May 10, 2020
1

ރާއްޖެ އިން ކޮވިޑް-19 އަށް އިތުރު 45 މީހަކު މިއަދު ޕޮޒިޓިވްވެ، ޖުމްލަ ޕޮޒިޓިވްވި އަދަދު 835 އަށް އަރައިފި އެވެ.

އެޗްޕީއޭ އިން ކުރި ޓުވީޓެއްގައި ބުނީ މިއަދުގެ ހަވީރު 5:00 އާ ހަމައަށް ބަންގްލަދޭޝްގެ 22 މީހަކާއި 20 ދިވެއްސަކާއި ނޭޕާލްގެ ދެ މީހަކާއި އިންޑިއާގެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އެޗްޕީއޭގެ ހިސާބުތަކަށް ބަލާއިރު ރާއްޖެ އިން އެންމެ ގިނައިން ކޮވިޑް-19 ޖެހިފައި ވަނީ ބަންގްލަދޭޝްގެ މީހުންނަށެވެ. އެ ގައުމުގެ 460 މީހަކަށް އެ ބަލި ވަނީ ޖެހިފަ އެވެ. ކޮވިޑް ޖެހުނު ދިވެހިންގެ އަދަދަކީ 279 އެކެވެ.

ރާއްޖެ އިން މިހާތަނަށް މި ބަލިން ރަނގަޅުވީ 28 މީހެކެވެ. އަދި މި ބަލީގައި ތިން މީހަކު ވަނީ މަރުވެފަ އެވެ. މިދިޔަ މަހުގެ 15 ގައި ފުރަތަމަ ފަހަރަށް މާލެ އިން ކޮވިޑް-19 ގެ މީހަކު ފެނުނު ފަހުން މާލެ އިން އެކަނި ވެސް 700 އަށް ވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވް ވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355