twitterviber whatsapp telegramfacebookyoutube instagram
12th May 2025
ADVERTISEMENT

ބިދޭސީން ދިރިއުޅޭ އިތުރު 5 ތަނެއް މޮނީޓަރިންނަށް ލައިފި

May 11, 2020

ކޮވިޑް-19 އާ ގުޅިގެން މާލޭ ސަރަހައްދުގައި ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅޭ އިތުރު ފަސް ތަނެއް މޮނީޓަރިންއަށް ގެނެވިފައިވާ ކަމަށް އެންއޯސީން ބުނެފި އެވެ.

އެންއީއޯސީގެ ފަރާތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބުރޫކު އަޒީޒް ވިދާޅުވީ ފުލުހުންގެ އެހީތެރިކަމާއެކު ބިދޭސީން ތިބި ޖުމްލަ 33 ތަނެއް މިހާރު މޮނިޓަރިންގައި އެބަހުރި ކަމަށެވެ. އެގޮތުން އެފަދަ 30 ތަނަކުން މިހާރު ސާމްޕަލްތައް ނަގާފައިވާކަމަށާއި ބާކީ ސާމްޕަލް ނުނެގި އޮތީ ތިން ތަނުން ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.

އޭގެ އިތުރުން، މާލޭ ސަރަހައްދުގައި، އެއް ތަނެއްގައި ތޮންޖެހިގެން ދިރިއުޅެމުންދާ ބިދޭސީން އެހެން ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ސަރުކާރުން ވަނީ ފަށައިފަ އެވެ.

އެގޮތުން، މިހާތަނަށް 1،500 އަށް ވުރެ ގިނަ ބިދޭސީން ގުޅިފަޅު އަދި ހުޅުމާލޭގައި ގާއިމުކުރެވިފައިވާ ބައެއް ތަންތަނަށް މިހާރުވެސް ބަދަލުކުރެވިފައިވާކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

މިހާތަނަށް ޓެސްޓު ކުރެވުނު ތަންތަނުގެ ތެރެއިން، ގިނަ އަދަދެއްގެ ބިދޭސީން ހިމެނޭ ކޮވިޑް-19 އިގެ ކްލަސްޓާތައް މިހާރުވެސް ވަނީ ފެނިފަ އެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com