twitterviber whatsapp telegramfacebookyoutube instagram
7th December 2025

ކޮވިޑަށް ޓެސްޓު ކުރުމަށް އޭޑީކޭއަށް މެޝިނެއް ގެނެސްފި

ޚަދީޖާ އާދަމް
May 13, 2020

އޭޑީކޭ ހޮސްޕިޓަލަށް ޕީސީއާރް މެޝިނެއް ގެނެސް ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ތައްޔާރުވެއްޖެ އެވެ.

ޓެސްޓިން ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ސަރުކާރުން ވެސް ކުރަމުން އަންނައިރު އަމިއްލަ ހޮސްޕިޓަލް، އޭޑީކޭއިން މިއަދު ބުނީ އެ ހޮސްޕިޓަލްގައި ޕީސީއާރް މެޝިނެއް އިންސްޓޯލްކޮށް ނިމިފައިވާ ކަމަށެވެ. ކުރިއަށް ދެތިން ދުވަސް ތެރޭ ޓެސްޓް ކުރުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ.

މި މެޝިނާއެކު ކޮވިޑް-19އަށް ކޮންމެ ދުވަހަކު ޓެސްޓް ކުރާ އަދަދު 100 އިން އިތުރުވެގެންދާނެ ކަމަށް ވެސް އޭޑީކޭއިން ބުންޏެވެ.

ޓެސްޓިން ކެޕޭސިޓީ އިތުރު ކުރަން ސަރުކާރުން ކުރި މަސައްކަތުން މި މަހުގެ 17 ވަނަ ދުވަހު އާ މެޝިނެއް ލިބޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އާ މެޝިނާއެކު ދުވާލެއްގެ މައްޗަށް 600 އާއި 650 އާ ދެމެދު އަދަދެއްގެ ޓެސްޓް ހެދޭނެ އެވެ.

އޭގެއިތުރުން އެސްޓީއޯއިން ވެސް އިތުރު މެޝިނެއް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މީގެ އިތުރުން މިހާރު ކޮވިޑަށް ފަރުވާދޭ ހޮސްޕިޓަލެއްގެ ގޮތުގައި ހަމަޖައްސާފައިވާ ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލުން ވެސް ކޮވިޑަށް ޓެސްޓް ކުރެވޭ މެޝިނެއް ގެނައުމުގެ މަސައްކަތް ކުރަމުންދެ އެވެ.

މި ވަގުތު ރާއްޖޭގައި ޓެސްޓް ކުރެވޭ ހުރީ ދެ މެޝިނެވެ. އެއީ އައިޖީއެމްއެޗްގައި ހުރި މެޝިނަކާއި ފުލުހުންގެ ލެބްގައި ހުރި މެޝިނެކެވެ. އެ ދެ މެޝިނުން މިހާރު ކޮވިޑަށް ޓެސްޓް ކުރަމުން އަންނަ އިރު ދުވާލެއްގެ މައްޗަށް ކުރެވެނީ 300 އާއި 400 އާ ދެމެދުގެ ޓެސްޓެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355