twitterviber whatsapp telegramfacebookyoutube instagram
19th April 2025

އިތުރު 14 ދުވަހަށް މާލޭގެ ލޮކްޑައުން ދަންމައިފި

ޚަދީޖާ އާދަމް
May 14, 2020
1

މާލެ ސިޓީގެ ލޮކްޑައުން އިތުރު 14 ދުވަހަށް އިތުރު ކުރުމަށް ނިންމައިފި އެވެ.

މާލޭގެ ލޮކްޑައުން އެންމެ ފުރަތަމަ އިއުލާން ކުރީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ. އެއީ މާލެއިން ފުރަތަމަ ކޮވިޑް-19 ކޭސް ފެނުމާއެކު އެވެ. އެންމެފަހުން އިއުލާންކުރި ލޮކްޑައުންގެ މުއްދަތު މާދަމާއަށް ހަމަވާނެ އެވެ.

ލޮކްޑައުން އިތުރު 14 ދުވަހަށް އިތުރުކުރިއިރު ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި މާލޭގައި ކޮވިޑް-19 ބަލި އިތުރަށް ފެތުރިގެން ގޮސް ޕީކަށް ދާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އެހެންވެ، އެކަމަށް ތައްޔާރުވުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ

ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހަކު މިރޭ މަރުވެފައިވާއިރު މިހާރު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 955 އަކަށް އަރާފަ އެވެ. މީގެ ތެރޭގައި ބަންގްލަދޭޝް މީހުން ގިނަ އެވެ. އެހެންވެ، އެމީހުން ދިރިއުޅެމުންދާ ތަންތަނަށް އިސްކަންދީގެން ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ.

ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު މިރޭ ހަތަރަކަށް އަރާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ދުވަސްވީ ތިން ދިވެހިންނާއި ބިދޭސީއެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355