twitterviber whatsapp telegramfacebookyoutube instagram
20th April 2025

އިތުރު 14 މީހަކު ޕޮޒިޓިވްވެއްޖެ

May 14, 2020

ކޮވިޑް-19 އަށް އިތުރު 14 މީހަކު ޕޮޒިޓްވެ، ޖުމްލަ ޕޮޒިޓިވްވި އަދަދު 982 އަރައިފި އެވެ.

މިވަގުތު ރާއްޖޭގައި 930 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. 46 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިއަދު އެކަނިވެސް 27 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ އިތުރު 14 މީހަކު ބައްޔަށް ޕޮޒިޓިވްވެ ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ އަދަދު 982 އަށް އަރާފައިވާ ކަމަށެވެ.

ކޮވިޑް ޖެހިގެން ރާއްޖޭގައި މިހާތަނަށް ހަތަރު މީހަކު ވަނީ މަރުވެފަ އެވެ. އެއީ ތިން ދިވެހިންނާއި ބިދޭސީއެކެވެ.

މިދިޔަ މަހުގެ 15 ގައި މާލެއިން ކޮވިޑްގެ ކޭސްތައް ފެންނަން ފެށި ފަހުން މިހާތަނަށް ކޮންމެ ދުވަހަކު ވެސް ގިނަ ބަޔަކު ޕޮޒިޓިވެފައި ވެއެވެ. އޭގެ ތެރޭގައި ގިނައީ ބިދޭސީންނެވެ. ސިއްހީ މާހިރުން ލަފާ ކުރައްވާ ގޮތުގައި މި ދެ ހަފުތާގައި މާލޭގެ ހާލަތު އިތުރަށް ގޯސް ވެދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355