twitterviber whatsapp telegramfacebookyoutube instagram
24th November 2026

ކޮވިޑު ޖެހުނު އިތުރު 6 މީހަކު ރަނގަޅު ވެއްޖެ

ޚަދީޖާ އާދަމް
May 15, 2020

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން އިތުރު ހަ މީހަކު ރަނގަޅުވެއްޖެ އެވެ. މި އާއިއެކު ރާއްޖޭން ކޮވިޑު ޖެހިގެން ރަނގަޅުވި މީހުންގެ އަދަދު މިވަނީ 46 އަރާފައެވެ.

މިދިޔަ މަހުގެ 15 ގައި މާލެއިން ކޮވިޑްގެ ކޭސްތައް ފެންނަން ފެށި ފަހުން މިހާތަނަށް ކޮންމެ ދުވަހަކުހެން ގިނަ ބަޔަކު ޕޮޒިޓިވެފައި ވެއެވެ. މިއަދުވެސް 27 މީހަކު ކޮވިޑަށް ވަނީ ޕޮޒިޓިވްވެފައެވެ.

އިތުރު ހަ މީހަކު ބަލިން ރަނގަޅުވެފައިވާއިރު މީގެ ތެރޭގައި ހިމެނެނީ އަންހެނަކާއި ފަސް ފިރިހެނުންނެވެ.

ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 982 އަށް އަރާފައެވެ. ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ގިނައީ ބިދޭސީންނެވެ. ސިއްހީ މާހިރުން ލަފާ ކުރައްވާ ގޮތުގައި މި ދެ ހަފުތާގައި މާލޭގެ ހާލަތު އިތުރަށް ގޯސް ވެދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293