ނ. މަނަދޫއިން އިތުރު ނުވަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
"ސަން" އަށް މައުލޫމާތު ދެމުން މަނަދޫގެ ޓާސްކްފޯސްއިން ބުނީ އެ ރަށުން އިތުރު ނުވަ މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއީ މަނަދޫއިން އެންމެ ފުރަތަމަ ޕޮޒިޓިވްވި އަންހެން މީހާއާ ކޮންޓެކްޓުވި މީހުން ކަމަށް ޓާސްކްފޯހުން ބުންޏެވެ.
މިވަގުތު ޕޮޒިޓިވްވި އެންމެންވެސް ތިބީ އެ މީހުންގެ ގޭގައި އެކަހެރި ކޮށްފައި ކަމަށް ޓާސްކްފޯހުން ބުންޏެވެ.
މަނަދޫއިން އެންމެ ފުރަތަމަ ޕޮޒިޓިވްވީ އެ ރަށުން މާލެ ގެނައި އުމުރުން 80 އަހަރުގެ އަންހެނެކެވެ. އެއީ މި މަހުގެ އެއްވަނަ ދުވަހު އެވެ. އެމީހާ ޕޮޒިޓިވްވިކަން އެނގުނީ، ބަޑަށް ތަދުވާތީ އައިޖީއެމްޗަށް ޑރ. ދެއްކުމުން ފަރުވާ ދިނުމަށް ފަހު ހޮސްޕިޓަލުން ދޫކޮށްލި ފަހުންނެވެ.