twitterviber whatsapp telegramfacebookyoutube instagram
20th October 2025

މެއި 28 ގެ ނިޔަލަށް ސަރުކާރު ބަންދުކޮށްފި

May 16, 2020
1

މެއި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް .މުހައްމަދު ސޯލިހް އިއުލާނު ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ މެއި މަހުގެ 28 ވަނަ ދުވަހު ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަމަށެވެ.

މިގޮތަށް ހަމަޖެއްސެވީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، މާލޭގައި މަގުމައްޗަށް ނުކުމެއުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ނެރެފައިވާ އަމުރު ތަންފީޒު ކުރެއްވުމުގެ ގޮތުން ކަމަށްވެސް ބުނެފައި ވެއެވެ.

އެހެންކަމުން ކުރިއެކޭވެސް އެއްގޮތަށް މި ދުވަސްތަކުގެ ތެރޭގައިވެސް ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް، ގޭގައި ތިބެގެން ކުރަމިން ގެންދިއުމަށާ، ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެއްވެން ހުރި ހުރިހާ ޚިދުމަތްތަކެއް އޮންލައިންކޮށް ދެމުން ގެންދިއުމަށްވެސް ވަނީ އަންގަވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355