twitterviber whatsapp telegramfacebookyoutube instagram
25th March 2026

އިތުރު 47 މީހަކު ޕޮޒިޓިވްވެ ޖުމްލަ އަދަދު 1078 އަރައިިފި

May 16, 2020

ރާއްޖެއިން ކޮވިޑަށް އިތުރު 47 މީހަކު ޕޮޒިޓިވްވެ ޖުމްލަ އަދަދު 1078 އަށް އަރައިފި އެވެ.

ޕޮޒިޓިވްވި 47 މީހުންގެ ތެރޭގައި ހިމެނެނީ 19 ދިވެހިންނާއި ބަންގުލަދޭޝްގެ 22 މީހެއްގެ އިތުރުން އިންޑިޔާގެ 4 މީހަކާ ނޭޕާލް 2 މީހެކެވެ.

އިއްޔެވެސް 49 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވީ 46 މީހުންނެވެ. ކޮވިޑް ޖެހިގެން ރާއްޖޭގައި މިހާތަނަށް ހަތަރު މީހަކު ވަނީ މަރުވެފަ އެވެ. އެއީ ތިން ދިވެހިންނާއި ބިދޭސީއެކެވެ. ސިއްހީ މާހިރުން ލަފާ ކުރައްވާ ގޮތުގައި މި ދެ ހަފުތާގައި މާލޭގެ ހާލަތު އިތުރަށް ގޯސް ވެދާނެ އެވެ.

މިދިޔަ މަހުގެ 15 ގައި މާލެއިން ކޮވިޑްގެ ކޭސްތައް ފެންނަން ފެށި ފަހުން މިހާތަނަށް ކޮންމެ ދުވަހަކު ވެސް ގިނަ ބަޔަކު ޕޮޒިޓިވެފައި ވެއެވެ. އޭގެ ތެރޭގައި ގިނައީ ބިދޭސީންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355