twitterviber whatsapp telegramfacebookyoutube instagram
19th June 2026

ހޯމް ކަރަންޓީން ކުރާނީ ޝަރުތު ފުރިހަމަވާ ތަންތަނުގައި: ޑރ. އަފްޒަލް

May 17, 2020

ރާއްޖޭގައި ހޯމް ކަރަންޓީނު ކުރުމުގެ ކަންކަން ކުރިޔަށް ގެންދާއިރު އެކަން ކުރާނީ އެކަމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާ ތަންތަނުގައި ކަމަށް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެ އެވެ.

ރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ ހޯމް ކަރަންޓީނު ކުރާނީ އެސެޓަޕް ފުރިހަމަ ވެފައި ހުންނަ ތަންތަނުގައި ކަމަށެވެ. އެގޮތުން ވަކިން އެމީހަކަށް ކޮޓަރިއަކާއި ފާހާނާއެއް ހުންނަންޖެހޭނެ ކަމަށެވެ.

ހޯމް ކަރަންޓީނަށް ލާ މީހަކަށް ތަފްސީލު ކޮށް ވިސްނޭނެ ވަރަށް އެކަންކަން ކިޔައިދޭނެ ކަމަަށާއި ހޯމް ކަރަންޓީނަށް ލާނީ އެކަންކަން ފުރިހަމަކުރެވޭ ކަމަށްވާނަމަ ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.

އަދި މިހާރުވެސް ގޭތެރޭގައި އެފަދަ އާދަތައް ހަރުލެއްވުމަށް ފަރިތަކުރެވިދާނެ ކަމަށެވެ. އެގޮތުން ތަނެއްގައި އަތް ލާނަމަ އެތަނެއް ސާފުކުރަން ހަނދާން ކުރުން ކަހަލަ ކަންކަން މިހާރުވެސް ކުރެވިދާނެ ކަމަށެވެ. ފާހާނަ ފަދަ ތަންތަނާއި ސިންކް ފަދަ ތަންތާންގައި އަތްލާ ނަމަ އެތަންތަން ސާފުކުރުން މުހިންމު ކަމަށް ޑޮކްޓަރު ފާހަގަ ކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355