twitterviber whatsapp telegramfacebookyoutube instagram
25th April 2024

ރާއްޖޭން އަނބުރާ އިންޑިޔާއަށް ދިޔަ އެގައުމުގެ 3 މީހަކު ޕޮޒިޓިވް

May 18, 2020

ރާއްޖޭގައި ތިބި އިންޑިއާގެ މީހުން އަނބުރާ ގެންދިޔުމަށް އެ ގައުމުން ފޮނުވި މަނަވަރަކުން ދިޔަ ތިން މީހަކު އެ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

އިންޑިއާގެ ބައެއް މީޑިއާތަކުން މީގެ ކުރިން ރިޕޯޓުކޮށްފައިވަނީ ޓެމިލްނާޑުގެ ސްޓޭޓެއް ކަމަށްވާ ޓްރިޗީއަށް ދިޔަ ދެ މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެ ދެ މީހުން ޕޮޒިޓިވްވިކަން އެނގުނީ އެނބުރި ދިއުމާ އެކު އެ ބައްޔަށް ޓެސްޓު ކުރުމުންނެވެ.

އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބުރޫކު ވިދާޅުވީ މަނަވަރަކުން އަނބުރާ އިންޑިއާއަށް ދިޔަ ތިން މީހަކު ޕޮޒިޓިވްވެފައިވާކަން އިންޑިއާ ސަރުކާރު މެދުވެރިކޮށް ޔަގީންކުރެވިފައިވާ ކަމަށެވެ. އެ ތިން މީހުނަކީވެސް ބައިސަން ކުންފުނީގައި ވަޒީފާއަދާ ކުރަމުންދިއަ މީހުން ކަމަށާއި، ނަމަވެސް، އެ މީހުނާ ގުޅޭ އިތުރު މައުލޫމާތުތައް އެނގޭނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމުމުން ކަމަށްވެސް މަބުރޫކް ވިދާޅުވި އެވެ.

ރާއްޖެ އިން ގެންދާ އިންޑިއާ މީހުން ފުރަތަމަ ކޮޗިންގައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރުމަށް އެ ގައުމުގެ ސަރުކާރުން ވަނީ ނިންމައިފަ އެވެ.

އިންޑިއާ ސަރުކާރުން އެދުމުގެ މަތިން ރާއްޖޭން އެނބުރާ އިންޑިއާއަށް ގެންދެވޭ މީހުން ފުރުވާލަނީ ހަމައެކަނި ވައިޓަލްސް ނެގުމަށްފަހު ކަމަށެވެ. އަދި އެ މީހުން ކޮވިޑް-19 އަށް ޓެސްޓު ކުރާގޮތަށް ހަމަޖައްސާފައިއޮތީ، އެ މަނަވަރު އިންޑިއާއަށް ގޮސް ބަނދަރުކުރާ ޕޯޓެއްގަ އެވެ. އެގޮތުން، މިހާތަނަށް ރާއްޖޭގައި ތިބި ހާހެއްހާ އިންޑިއާ ރައްޔިތުން މިހާރު ވަނީ އަނބުރާ ގެންގޮސްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355