twitterviber whatsapp telegramfacebookyoutube instagram
3rd July 2026

މަނަދޫއިން ކޮވިޑަށް ޕޮޒިޓިވްވި ދުވަސްވީ މީހާ ރަނގަޅު ވެއްޖެ

May 19, 2020

ނ. މަނަދޫ އިން ކޮވިޑް19 އަށް ޕޮޒިޓިވްވި އުމުރުން 80 އަހަރުގެ މީހާ ބަލިން ރަނގަޅުވެފައިވާކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މަނަދޫ އިން ޕޮޒިޓިވްވި ދުވަސްވީ މީހާއަށް ފަރުވާ ދިނީ ދަރުމަވަންތަ ހޮސްޕިޓަލްގެ އަށް ވަނަ ފަންގިފިލާގައެވެ.

މިނިސްޓަރު އަމީން އާއި ހަވާލާދީ، ދައުލަތުގެ މީޑިއާ އިން ބުނީ އޭނާގެ އެންމެ ފަހުން ހެދި ޓެސްޓުތަކުން ބައްޔަށް ނެގެޓިވް ވެފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ބަލިޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަކީ މިހާރު އެންމެ އިސްކަންދޭ ކަންތައް ކަމަށާއި ބަލިޖފައިތިބި މީހުން ރަނގަޅުވަމުންދާއިރު އޭގެ ތެރޭ ދުވަސްވީ މީހުންވެސް ހިމެނޭކަމީ ލިބޭ ހިތްހަމަޖެހުމެއް ކަމަށެވެ. އަދި ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން ގިނައީ ޒުވާން އުމުރުގެ މީހުން ކަމަށާއި އެ އެންމެންގެ ހާލުވެސް އިރާދަކުރެއްވީތީ މިވަގުތު ރަނގަޅު ކަމަށެވެ.

އެ މީހާއާ ކޮންޓެކްޓުވި އިތުރު ނުވަ މީހަކު އެރަށުން ވަނީ ޕޮޒިޓިވް ވެފައެވެ. އަދި އެމީހުންނާ ކޮންޓެކްޓްވި ގިނަ ބައެއްގެ ސާޕަލް ނަގައި މިއަދު ވަނީ މާލެ ގެނެސްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355