ކޮވިޑް-19 އަށް އިތުރު 37 މީހަކު ޕޮޒިޓިވްވެއްޖެ އެވެ. މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 1143 އަރާފައެވެ.
އެޗްޕީއޭއިން ބުނީ މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 15 ދިވެހިންނާއި ބަންގަލްދޭޝްއަށް ނިސްބަތްވާ 19 މީހަކާއި އިންޑިއާގެ ތިން މީހުން ކަމަށެވެ.
ކޮވިޑް ޖެހިގެން ރާއްޖޭގައި މިހާތަނަށް ހަތަރު މީހަކު ވަނީ މަރުވެފަ އެވެ. އެއީ ތިން ދިވެހިންނާއި ބިދޭސީއެކެވެ.
ސިއްހީ މާހިރުން ލަފާ ކުރައްވާ ގޮތުގައި މިމަހުގެ ފަހު 14 ދުވަހު މާލޭގެ ހާލަތު އިތުރަށް ގޯސް ވެދާނެ އެވެ. ނަމަވެސް ކުރިން ލަފާކުރި ވަރާ ގާތަށްވެސް ހާލަތު އަދި ގޯސްވަމުން ނުދާ ކަމަށް އެންއީއޯސީން ރޭ ވަނީ ބުނެފައެވެ.