ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 12 މީހަކު ރަނގަޅުއްޖެ އެވެ. މިއާއިއެކު ބަލިން ރަނގަޅުވި މީހުންގެ އަދަދު މިވަނީ 86 އަރައިފި އެވެ.
އެންއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ރާއްހޭގައި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން އިތުރު 12 މީހަކު ރަނގަޅުވެފައިވާ ކަމަށާއި ދެ ދިވެހިންނާއި 10 ބިދޭސީން ކަމަށެވެ.
މިއަދު ކަރަންޓީނުން ވަނީ 40 މީހަކު ވަނީ ދޫކޮށްލާފައެވެ. އަދި ކަރަންޓީންގައި ތިބި މީހުންގެ ތެރެއިން 78 މީހަކު މާދަމާ ދޫކޮށްލުމަށް ވަނީ ހަމަޖެހިފައެވެ.
މިއަދު އެކަނިވެސް މި ބައްޔަށް 37 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މި ބަލީގައި ހަތަރު މީހަކު ވަނީ މަރުވެފައެވެ.
ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 1143 އަރާފައެވެ. މަބުރޫކް ވިދާޅުވީ އެ މީހުންގެ ތެރެއިން 1051 މީހަކަށް ފަރުވާ ދެމުންދާ ކަމަށެވެ.