twitterviber whatsapp telegramfacebookyoutube instagram
2nd August 2026

91 މީހަކު ބަލިން ރަނގަޅުވެއްޖެ

ނަބީލާ އިސްމާޢީލް
May 20, 2020

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު ފަސް މީހަކު ރަނގަޅުވެ، ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 91 އަށް އަރައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ކޮވިޑް-19 ޑޭޝްބޯޑުގައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން 91 މީހަކު ވަނީ ރަނގަޅުވެފަ އެވެ.

ރާއްޖެއިން މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދަކީ 1،186 އެވެ. އޭގެ ތެރެއިން މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 1،089 އެވެ. ބަލި ޖެހުނު 13 މީހަކަށްދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. އަދި ބަލި ޖެހުނު 91 މީހަކު ރަނގަޅުވިއިރު، ހަތަރު މީހަކު ވަނީ މަރުވެފަ އެވެ.

ރާއްޖޭގައި މި ބަލިޖެހިފައިވާ މީހުންގެ ތެރޭގައި ގިނައީ ބިދޭސީނެވެ. އެގޮތުން 424 ދިވެހިން އަދި 762 ބިދޭސީންނަށް ވަނީ މި ބަލި ޖެހިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355